މަޖިލިސް އިންތިޚާބު 2024
12 Apr 2024
އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސް އަތު: ނަޝީދު
ސަރުކާރަށް ފާރަވެރިވެވޭނީ އެމްޑީޕީއަކަށް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕިގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
12 Apr 2024
އެމްޑީޕީ ވެރިކަމަށް އައި އިރުވެސް ޤައުމުގެ މާލީ ހާލަތު ރަނގަޅެއް ނޫން
އެމްޑީޕީ ވެރިކަމަށް އައި އިރުވެސް ޤައުމުގެ މާލީ ހާލަތު އޮތީ ރަނގަޅަށް ނޫން ކަމަށާ، އެ ސަރުކާރުން މަޝްރޫއުތައް ފެއްޓީ އެކި ގޮތް ގޮތުން ހޯދި ފައިސާއިން ކަމަށް، އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
11 Apr 2024
މި ފަސް އަހަރު ނިމޭއިރު ހައްދުންމަތި އޮންނާނީ ތަރައްގީގެ އެންމެ އުހުގަ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ހައްދުންމަތި އޮންނާނީ ތަރައްގީގެ އެންމެ އުހުގައި ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުالله، އަދުރޭ ވިދާޅުވެއްޖެއެވެ.
11 Apr 2024
އެމްޑީޕީއިން އެންޓި ކެމްޕެއިން ކުރާ ކަމަށް ބުނެ މައްސަލަ އީސީ އަށް!
އިދިކޮޅު އެމްޑީޕީއިން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެންޓި ކެމްޕެއިން ކުރާ ކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން އެ މައްސަލަ އީސީ އަށް ހުށައެޅުމަށް ނިންމައިފިއެވެ.
09 Apr 2024
ދެކޮޅު ރޫހުގެ ވާހަކައަށް ޖާގަ ދޭނެހާ ވަގުތެއް ނެތް: ރައީސް
ސަރުކާރާއި ރައްޔިތުންނާއި ދެކޮޅަށް ދައްކަމުންދާ ވާހަކައަށް ޖާގަ ދޭނެހާ ވަގުތެއް ރައްޔިތުންގެ އަތުގައި ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
08 Apr 2024
އައްޑޫ ސިޓީ ރައްޔިތުން އުއްމީދުކުރާ ތަރައްގީ ހޯދައިދޭނަން: ރައީސް ޑރ.މުޢިއްޒު
މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރާއި ރައްޔިތުންގެ ތަރައްގީއަށް ފުރުސަތު ފަހިކޮށް ދޭނެ ކެންޑިޑޭޓުން އިންތިހާބު ކޮށް ދެއްވައިފިނަމަ ނަތީޖާ ނެރެދީ، އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Apr 2024
"އެއްބަޔަކަށް އައްޑޫސިޓީގެ ކަންކަމުގައި ބަސްކިޔަން ދިނުމުން ނަތީޖާ ނުނެރެދެވުނު"
އަބަދާއި އަބަދާއި އަބަދު އެއްބަޔަކަށް އައްޑޫސިޓީގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގައި ބަސް ކިޔަން ދިނުމުން ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވިފައިނުވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޮންގްރެސް ގެ ލީޑަރ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Apr 2024
ރައީސްގެ ވަޢުދުފުޅުތައް ހަގީގަތަކަށް ހަދައިދިނުމަށް އެއްބާރުލުން ދޭނަން: ޢަލީ
މަޖިލީހަށް ހޮވިއްޖެނަމަ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވައުދުފުޅުތައް ހަގީގަތަކަށް ހަދައިދެއްވަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ޢަލީ މޫސާ ވިދާޅުވެއްޖެއެވެ.