ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
13 Apr 2024 | 11:42
އާދޭސްކުރީމަ ވެސް ބަޖެޓު ކޮމިޓީގައި ތިބޭ އައްޑޫ ސިޓީގެ މެމްބަރުން މަޝްރޫޢުތަކަށް ފައިސާ ޖަހައިނުދޭ: ނިހާދު

އައްޑޫ ސިޓީގެ ޕްރޮޖެކްޓް ތަކަށް ފައިސާ ޖެހުމަށް އާދޭސް ކުރުމުން ވެސް، މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވި ނަމަވެސް، މަޝްރޫއުތަކަށް ފައިސާ ޖަހައިނުދޭ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ޕީއެންސީން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރިއަށްގެންދާ ކެމްޕޭން ގެ ތެރެއިން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ދިވެހީންގެ ރާއްޖެ މަޖިލިސް އަށް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާދު ވަނީ މަޖިލީހުގައި ބާރުގަދަ ނުފޫޒްގަދަ މެމްބަރުން ތިއްބެވުމުން އައްޑޫގެ ތަރައްގީއަށް ހުރަސް އެޅޭކަން ފާހަގަކުރައްވާފައެވެ.

މިގޮތުން ނިހާދު ވިދާޅުވީ، އައްޑޫގެ ޕޯޓު ޕްރޮޖެކްޓުވެސް އެވޯޑުކޮށްފައި އޮތީ ނަމެއްގައިކަމަށާއި ބަޖެޓުގައި އެ މަޝްރޫއަށް ފައިސާ ހިމެނުމަށް އާދޭސް ކުރެއްވި މެމްބަރުންގެ ތެރޭގައި އެބޭފުޅާ ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް، ބަޖެޓުކޮމިޓީގައި ތިއްބެވި 'ކުޑަ ސަރުކާރު' ގެ ވެރިން އެމަޝްރޫއުއަށް ބޭނުންވާ ފައިސާ ހިމަނައިނުދިންއިރު އެއީ ނަމެއްގައި ބާއްވާފައި އޮތް ޕްރޮޖެކްޓެއްކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒުގެ މެނިފެސްޓޯގެ ހަމައެކަނި ކުޑަކުޑަ އެއްޗެއް ބަލާލުމުންވެސް ފާއިތުވެ ދިޔަ ހުރިހާ ދުވަހެއްގައި މުޅި އައްޑޫގައި އެޅިފައި އޮތް އިގްތިސާދީ މަރުތަޅު ނެއްޓުވުމަށްޓަކާ ރައީސް މުޢިއްޒު ވައުދުވެވަޑައިގެންފައިވާކަން ހާމަވާ ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

"މެނިފެސްޓޯގެ ހަމައެކަނި ކުޑަކުޑަ އެއްޗެއް ބަލާލި އިރު މުޅި އައްޑޫގައި ފާއިތުވެ ދިޔަ ހުރިހާ ދުވަހެއްގައި އެޅިފައި އޮތް އިގްތިސާދީ މަރުތަޅު ނެއްޓުވުމަށްޓަކާ ރައީސް މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައި."

ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ، ޕޯޓް ގެ މަޝްރޫއު ގެ އިތުރުންވެސް، ފޭދޫގައި ހިއްކާފައި އޮތް ބިމުގައި މަސައްކަތްކުރިއަށް ނުގެންދާތީ އެކަމާއި ގުޅިގެންވެސް އެކަންކަން ކުރިއަށް ގެންދިއުމަށް އެދި އެތައް ފަހަރެއްގެ މަތިން އާދޭސްކޮށް ދަންނަވާފައިވާނެކަމަށާއި އޭގެ ތެރޭގައި އެތަނުގައި ކަރަންޓާއި ފެނާއި ނަރުދަމާ ލައިދިނުން ހިމެނޭ ކަމަށެވެ.

ނަމަވެސް އެމަސައްކަތް ކުރީ ސަރުކާރުން ކޮށްދީފައިނުވާއިރު، ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ބަޖެޓުގައި ޖަހާނެކަން ވައުދުވެފައިވާކަން ފާހަގަކުރައްވާ ނިހާދު ވިދާޅުވީ، މިފަދަ ކަންކަން ކުރެވެން އޮތީ ޕީއެންސީގެ މެމްބަރުން މަޖިލީހަށް އިންތިހާބުކޮށްގެންކަމަށާއި އެދެވޭ ތަރައްގީތައް ގެނެވޭނީ ސަރުކާރަށް އެއްބާރުލުންދޭ މެމްބަރުން ހޮވައިގެންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.