އަހުމަދު އަޒާން-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
13 Apr 2024 | 09:43
އެއްބަޔަކު ހޮވައިގެން ތަރައްގީ އަށް އުއްމީދު ކުރާތާ އެތައް އަހަރެއް، ވީ ކަމެއް ނެތް: އަޒާން

ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ދާއިރާތަކަށް އެއްބަޔަކު ހޮވައިގެން ތަރައްގީ އަށް އުއްމީދު ކުރާތާ އެތައް އަހަރެއްވެއްޖެ ކަމަށާއި، އެހެންނަމަވެސް ވީ ކަމެއް ނެތް ކަމަށް ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވާ އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ރޭގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ޕީއެންސީ އިން އައްޑޫ ހިތަދޫ ހައި ސްކޫލުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަޒާން ވަނީ ރައްޔިތުންގެ މަޖިލީހަށް އެއްބަޔަކު ހޮވައިގެން އައްޑޫ އަށް މިހާތަނަށް ކުރިއެރުމެއް ނުލިބުނުކަން ފާހަގަކޮށް  މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އެއްބަޔަކު ހޮވައިގެން ތަރައްގީ ލިބިދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރާތާ އެތައް އަހަރެއްވީ. ފަނަރަ އަހަރު ވެއްޖެއޭ. ވަރުބަލި ވެއްޖެއޭ، ވީ ކަމެއް ނެތޭ،" 

އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، އެމްޑީޕީ އަށް ސުޕަ މެޖޯރިޓީ ދިނުމުންވެސް ރައްޔިތުން ފުއްދުންތެރި ބަޔަކަށް ހެދިފައި ނުވާއިރު، އައްޑޫގައި ތަަރައްގީ ކުރާނެ ކަމަށް ބުނި 8،000 އެނދު ތަރަަައްގީ ނުކުރެވޭ ކަމަށާއި، ފަސް މަންޒިލުން ފްލައިޓު ނައިސް ރިސޯޓު ވެސް ނުހުޅުވުނު ކަމަށެވެ. 

އައްޑޫގެ ރައްޔިތުން ތިބީ ހެޔޮ ބަދަލަކަށް އެދިއެދި ކަމަށާއި، ތަރައްގީ ގެނެވޭނީ މި ސަރުކާރާ ގުޅިގެން ކަމަށް ވެސް އަޒާން ވިދާޅުވިއެވެ. އަޒާން ވިދާޅުވީ، އެބޭފުޅާ ހިތަދޫގެ މެދުދާއިރާގެ ގޮނޑި އަށް ވާދަކުރައްވަނީ އަރާމާއި އިއްޒަތުގެ ބޭނުމުގައި ނޫން ކަމަށާއި ރަށަށް ތަރައްގީ ގެނައުމަށް ކަމަށެވެ.

އިންތިހާބަކުން ބަލިވުމުން ޖެއްސުން ކުރުމަށް އުޅޭ ބަޔަކަށް ވޯޓު ދިނުމަކީ ރަނގަޅު ގޮތަކަށް ނުވާނެކަމަށް ވިދާޅުވެ އެމްޑީޕީއަށް ފާޑުކިޔުންތައް ވެސް އަޒާން އަމާޒުކުރެއްވި އިރު، ރައީސް ޑރ.މުޢިއްޒަކީ ރަނުން ރަނަށް ވައުދުތައް ފުއްދަވާނެ ބޭފުޅަކަށްވާއިރު، ހެޔޮ ބަދަލެއް އައްްޑޫ އަށް ގެނައުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އަޒާން ގޮވާލެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.