ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
09 Apr 2024 | 22:33
ދެކޮޅު ރޫހުގެ ވާހަކައަށް ޖާގަ ދޭނެހާ ވަގުތެއް ރައްޔިތުން އަތަކު ނެތް: ރައީސް ޑރ.މުޢިއްޒު

ސަރުކާރާއި ރައްޔިތުންނާއި ދެކޮޅަށް ދައްކަމުންދާ ވާހަކައަށް ޖާގަ ދޭނެހާ ވަގުތެއް ރައްޔިތުންގެ އަތުގައި ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

މިމަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގައި ކެނޑިޑޭޓުންގެ ތެރެއިން، މާފަންނު އުތުރު ދާއިރާގެ ކެނޑިޑޭޓް، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވަނީ  އެފަދައިން ވާހަކަތައް ދެއްކުމުގެ ފުރުސަތު އިދިކޮޅުފަރާތްތަކަށް ނުދިނުމަށްވެސް ގޮވާލައްވާފައެވެ.

މިގޮތުން، ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުންނަ ކަންތައްތަކުގެ ބަދަލު ހިފުމަކީ އަބަދުވެސް ކަންތައް ހިނގަމުންދާ ގޮތް ކަމަށާއި، އޭގެ އެއް މިސާލަކީ ކުރީ ސަރުކާރުގައި އުފެއްދި ރިޔާސީ ކޮމިޝަން ކަމަށެވެ. ކުރީގެ ރައީސް ޞާލިހުގެ ވެރިކަމުގައު އުއްފެއް ރިޔާސީ ކޮމިޝަނަކީ ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ތަނެކެވެ. 

އެހެންނަމަވެސް، މިސަރުކާރުން ބަދަލު ހިފުމަށް އެފަދަ ކަމެއް ނުކުރާނެ ކަމަށާއި، އެއްވެސް ބޭފުޅަކު ސިޔާސީ ވެގެން ފާޅުކުރައްވާ ހިޔާލަކާ ގުޅިގެން މިހާރު ފުލުސް އޮފީހަކަށް އެބޭފުޅުން ނުގެންދާނެ ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ބޭފުޅުން އެކަމާއި ކަންބޮޑު ވެގެން ވެސް އުޅެން ނުޖެހޭކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބަދަލުހިފުމުގެ ރޫހުގައި ޕޯޑިއަމްތަކުގައި ވާހަކަދައްކަވަމުން ކަމަށެވެ.

"މުޅިން ވެސް ބަދަލުހިފުމުގެ ވާހަކަ. މުޅިންވެސް އަޅުގަނޑުމެންނާއި، ރައްޔިތުންނާއި ދެކޮޅު ރޫހުގެ ވާހަކަ. އެ ނެގެޓިވް ތިންކިންގްއަށް ޖާގަ ދޭނެހާ ވަގުތެއް ރައްޔިތުން އަތަކު ނެތް. ރައްޔިތުން ބޭނުންވަނީ ގައުމަށް ހަމަޖެހުން އައިސްގެން ތަރައްގީ ލިބެން،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުޢިއްޒު ވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުރަން ބޭނުންވާނަމަ، މަޖިލިސް ތެރެއިން ޖެއްސުންކުރުމާއި، ހަމަނުޖެހުމާއި، ދެކޮޅު ހެދުމުގެ މަންޒަރު ފެންނާނެ ގޮތަށް ރައްޔިތުން ފުރުސަތު ނުދެއްވުމަށާއި  ތަރައްގީ ގެންނަން ބޭނުންވާނަމަ ސަރުކާރާއި އެއްކޮޅަށް ރައްޔިތުން ވޯޓް ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ނޮންނު
ބަދަލުހިފުމުގެ ރޫހެއްނެތް އެހެން ސިޔާސީހަރަކާތަކަށް ހުރަސް އެޅުމުގެ ޜޫޙު ހުރީ!
10 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.