މިރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ— ފޮަޓޯ/ ޕީއެންސީ
ހަބަރު
12 Apr 2024 | 23:43
މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނަން: ރައީސް މުޢިއްޒު

މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، މި ދައުރު ނިމުމުގެ ކުރިން ބްރިޖު އަޅައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންޕެއިނަށް އައްޑޫ ސިޓީ ހިތަދޫއަށް ވަޑައިގެން، އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވު ހުރިހާ ވައުދެއްވެސް ވެވަޑައިގެންނެވީ އިހްލާސްތެރި ނިޔަތުގައި އެކަން ކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ފެއްޓެވި ސަބަބަކީވެސް އެއީ ކަމަށެވެ.

އެގޮތުން، އައްޑޫ ބްރިޖުގެ މަސައްކަތް ވެސް ދެން އަންނަ ރިޔާސީ އިންތިހާބާއި ކައިރިވުމުން ފެށުމުގެ ބަދަލުގައި ހަފްތާ-14ގެ ތެރޭގައި ހިމަނައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތް ފަށްޓަވާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އަދި ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ ސަރވޭ އަދި ޑިޒައިން ހެދުމަށް މިސްރުގެ ދި އަރަބް ކޮންޓްރެޓާސް އާ ހަވާލުކޮށްފައިވާ ކަމަށާ، އެ ކުންފުނިން އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޑިޒައިން މަސައްކަތުގެ ވެސް ތިންބައިކުޅަ އެއްބައި މިހާރު ނިމިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޑިޒައިންގެ މަރުހަލާ ނިމޭނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު މި މައުޟޫއުގައި ވާ ވައުދު މިރޭ ވެސް ހަމަ ތަކުރާރު ކުރާނީ. މި އަހަރު 2024. މި އަހަރު ނިމުމުގެ ކުރިޔަށް އެ ބްރިޖުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ. އެއީ ކީއްވެގެން، އަޅުގަނޑު ބޭނުން މި ދައުރު ނިމުމުގެ ކުރިޔަށް ބްރިޖު ނިންމަން. 2028 އައިމަ ކުރާކަށް ބޭނުމެއް ނޫން.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ވިސްނުން މިހެން ހުރިނަމަވެސް، މިދިޔަ ހަތަރު މަސްތެރޭގައި މަޖިލިސް ހިނގި ގޮތަށް ހިނގަން ރައްޔިތުން ފުރުސަތު ދީފިނަމަ މަސައްކަތް ހުއްޓުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ދިވެހި ލޮބުވެތި ރައްޔިތުން އެ ރިސްކު ނުނަންގަވާ. އަޅުގަނޑުވީ ކޮންމެ ވައުދެއް ފުއްދަން މިހުރީ އިރާދަކުރެއްވީތީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި. އެ ފުއްދުމަށްޓަކައި ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ރައްޔިތުން އަޅުގަނޑަށް ދެއްވަން މި އެދެނީ. ދެއްވީމާ ހަމަ ފުރިހަމައަށް ރަނުން ރަނަށް ހުރިހާ ވައުދެއް ފުއްދަދޭނަން އިރާދަކުރެއްވިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މި ސަރުކާރާ ހިޔާލު ތަފާތުވާ ބަޔަކު މަޖިލީހުގައި ތިބެގެން މިކަން ނުކުރެވޭނެ ކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ދަންނަވާ ވާހަކައެއް ކަމަށެވެ. އަދި މި ވޯޓަކީ ސިޔާސީ ވޯޓަކަށް ނުހައްދަވާ ސިޓީގެ މަސްލަހަތު އިސްކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ