31 Mar 2024
ސަރުކާރު ކެނޑިޑޭޓުން ހޮވުމަކީ އަމިއްލަވަންތަ ގައުމެއް ބިނާކުރަން އެއްބާރުލުންދިނުން: ރައީސް
ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ބޭފުޅުން ހޮވައިދިނުމަކީ އަމިއްލަވަންތަ ގައުމެއް ބިނާ ކުރުމަށް އެއްބާރުލުން ދިނުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.