ރޭގެ ޖަލްސާގައި ކުރީގެ ރައީސް ޞާލިހު ވާހަކަ ދައްކަވަނީ- ފޮޓޯ/ އެމްޑީޕީ
ހަބަރު
28 Mar 2024 | 10:35
މަޖިލީހުގައި ތިބި ސަރުކާރު މެންބަރުންވެސް ސަރުކާރާ ދެކޮޅު: ރައީސް ޞާލިހު

ރައްްޔިތުންގެ މަޖިލީހުގައި ތިބި، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުން ތިއްބެވީ ސަރުކާރާއި ދެކޮޅަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވެފައިވަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހެންވޭރުގެ ދާއިރާތަަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރޭ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އެގޮތުން ޞާލިހު ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ސޮވެރެން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުގެ ވޯޓްގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބައިވެރިވެވަޑައިނުގަތް ކަން ފާހަގަކުރައްވައި، އެ މެންބަރުން ތިއްބެވީ ސަރުކާރާއި ދެކޮޅަށް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ދަންނަވާނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއި އިދިކޮޅަށް ތިބީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންނޭ. އެހެންވެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ނުހޮވަންވީ. އެހެންނަމަ އެ ދުވަހު މަޖިލީހަށް ވަދެ ވޯޓް ދެއްވަންވީ ނޫންތޯ ވޯޓަށް އެހި ގަޑީގައި ސަރުކާރަށް ތާއިދު ކުރާ ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރެއް އެތާގައި ނެތްކަމަށްވަނީ. އެހެންވީމަ ސަރުކާރުގެ ސިޔާސަތު ތައް ގަބޫލުނުކުރަނީ ކޮންބަޔެއްކަން ވަރަށް ސާފުކޮށް އެބައެނގޭ ނޫންތޯ. އަޅުގަނޑުމެންނަކީ އޮޕްޒިޝަންގައި ތިބި ބަޔެއް. އެމީހުން (ސަރުކާރުގެ މެމްބަރުން) ނުކުރާ އެއްޗަކަށް ސަރުކާރުން ނުކުރާ ތާއިދެއް ކިހިނެއްތޯ އަޅުގަނޑުމެން ދޭނީ،"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ސޮވެރެން ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް ވޯޓަށް އެހި ވަގުތުގައި މަޖިލީހުގައި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ އެއްވެސް މެންބަރަކު މަޖިލީހުގައި ހާޒިރުވެ ނެތުމުން އެ ބިލު ބަލައިގަންނަން ލިބުނީ އެންމެ ވޯޓެކެވެ. އެހެންކަމުން ބިލު ވަނީ މަޖިލީހުން ބޭރު ކޮށްލާފައެވެ. 

ރައީސް ޞާލިހު ވިދާޅުވިގޮތުގައި ބިލަށް ވޯޓު ދިނުމާއި ގުޅެގޮތުން، ނޫނީ ކޮންމެހެން ނިންމަންޖެހޭ ކަމެއް އޮތް ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އަދި އޮޕޮޒިޝަން ޕާޓީ އެމްޑީޕީއާ ވާހަކަދައްކައިގެން ކުރިއަށް ދާ ނަމަ އެކަން ވާނެ ކަމަށެވެ. 

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އަކީ ބޯހަރު  ގޮތް ދޫ ނުކުރައްވާ ބޭފުޅެއް ކަމަށާ، އެމަނިކުފާނު އެމްޑީޕިއާ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވި ކަމަށެވެ. 

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ފުލުސް އޮފީހަށް ހާޒިރު ކުރުމުން އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން މިހާރު ފެނިގެން ދަނީ ސަރުކާރުން ސިޔާސީ ލީޑަރުންނާ ދިމާކުރާ މަންޒަރު ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވިދާޅުވީ ހުރިހާ ކަމެއް ދޫކޮށްލައިގެން ތިބެއްޖެ ނަމަ އަނެއްކާވެސް ބިރުވެރިކަމާއި އަނިޔާވެރިކަމަށް ރާއްޖެ ދާނެ ކަމަށާއި ބިރުވެރިކަން އިންތިހާއަށް މިހާރު ކުރިމަތިވަމުންދާ ކަމަށެވެ.

މިހާރު ކަންކަން ދާގޮތަށް ދާ ނަމަ، ސިޔާސީ ލީޑަރުންގެ އިތުރުން ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރުން ވެސް ހައްޔަރުކުރާ ހިސާބަށް ދާނެ ކަމަށާއި އަދި މިނިވަން މުއައްސަސާތައް ވެސް ސަރުކާރުގެ މުށުތެރެއަށް ލާނެ ކަމަށް ސޯލިހު ވިދާޅުވިއެވެ. އެހެންކަމުން އެކަންކަމާއި ދެކޮޅަށް ތެދުވާންޖެހޭ ކަމަށާއި އެހެން ނޫން ނަމަ ގައުމުގެ މިސްރާބު ހަމައިން ނެއްޓި ގައުމުގެ މިސްރާބު ފަހަތަށް ހިނގައިދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.