ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު -- ފޮޓޯ: އެމްޑީޕީ
ހަބަރު
31 Mar 2024 | 14:57
ސަރުކާރު ބަދަލުވިޔަސް ކުރަން ފަށާފައިހުރި މަޝްރޫޢުތަކެއް ނުހުއްޓުވޭނެ: ސޯލިހު

ސަރުކާރެއް ބަދަލުވެދާނެ ކަމަށާއި ނަމަވެސް އެސަރުކާރަކުން ކުރަން ފަށާފައިހުރި މަޝްރޫޢުތައް ދެން އަންނަ ސަރުކާރަކުން ނުހުއްޓުވޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިގޮތަށް ވިދާޅުވީ، 'މިސްރާބު ހަމަމަގަށް' ޝިޢާރުގެ ދަށުން އެމްޑިޕީން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރޭ ބޭއްވި ގަލޮޅު ތަރާވީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން، ރައީސް ޞާލިހު ވިދާޅުވީ ސަރުކާރަކުން ކުރަން ފަށާފައިވާ ކަންކަމަކީ ހިތަށްއެރި ގޮތަކަށް ބަދަލުކުރެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ. 

އަޅުގަނޑުމެން 2018 ވަނަ އަހަރު ވެރިކަމަށް އައިއިރުުގައިވެސް ހުރި، ރައީސް ޔާމީން މަސައްކަތްތަކެއް ފަށާފައި. ހިޔާ ފްލެޓުތަކުގެ ހަމައެކަނި ބިންގާ އަޅާފައި ހުރީ. އަޅުގަނޑުމެން އެ ހުއްޓާލިނަމަ ކޮންކަހަލަ ގެއްލުމެއްތޯ؟ ކުރިއަށް ގެންގޮސް ނިންމާ ރައްޔިތުންނަށް އޭރު އެއޮތް ލިސްޓާއި އެއްގޮތަށް އެކަން ކޮށް ނިންމާފައި އެހުރީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހު ވިދާޅުވީ ގދ. ފަރެސްމާތޮޑާގެ މަޝްރޫޢަކީވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫޢެއް ކަމަށެވެ.

ހަމައެގޮތަށް ފަރެސްމާތޮޑާ އެއާޕޯޓުވެސް، ގާތްގަނޑަކަށް އެއް ހެކްޓަރުވަރު ހިއްކާފައި އޮތީ. އަޅުގަނޑުމެން ކޮށް ނިންމިން. އެއީ ދައުލަތަކުން ކަންކުރަންޖެހޭނެ ގޮތަކީ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މިއަދުގެ މި ސަރުކާރުން ފެނިގެންދަނީ އެމަންޒަރެއް ނޫންކަމަށެވެ.

އެހެންނަމަވެސް، މިއަދު މަގޫދޫގައި އަޅަން ފަށާފައި އޮތް އެއާޕޯޓު ހުއްޓާލާފައި އަމިއްލަ ކޮއްކޯފުޅު އިންތިހާބު ކުރުމަށްޓަަކައި މުޅި ދައުލަތުގެ ޚަޒާނާ ހުސްކުރަމުން އެގެންދަނީ. މިކަން ހުއްޓުވަން އެބަޖެހޭ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ، މަގޫދޫ އެއާޕޯޓު އެޅުމަށްޓަކައި ދައުލަތުގެ ފައިސާއިން ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ޚަރަދުކޮށް ޖުމްލަ 35 ހެކްޓަރު ހިއްކާފައިވާ ކަމަށެވެ.

އަދި ޓާމިނަލް ގެ މަސައްކަތް ފެށިފައިވާ ކަމަށާއި އެއާޕޯޓުގައި ގާއިމުކުރާ ފަޔާ ސްޓޭޝަން ވެސް ނިމުމަކާއި ހިސާބަށް ގޮސްފައިވާ ކަމަށް ރައީސް ޞާލިހު ވިދާޅުުވިއެވެ.

މިކަން މިގޮތަށް އޮތްއިރު، އަމިއްލަ ބޭނުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގޫދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ހުއްޓާލެއްވީކަމަށް ވިދާޅުވެ ރައީސް ޞާލިހު ވަނީ ރައީސް މުޢިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޞާލިހު ވިދާޅުވީ، މަޖިލީސް އިންތިހާބުން އެމްޑީޕީ މެޖޯރިޓީ ނެގުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ މި ސަރުކާރުން ހުއްޓާލާފައިވާ މަގޫދޫ އެއާޕޯޓު ގާނޫނީގޮތުން އެޅޭނެގޮތެއް މަޖުބޫރުކުރުވާނެ ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.