ރޭގެ ކެންޕެއިން ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ— ފޮޓޯ/ޕީއެންސީ
ހަބަރު
02 Apr 2024 | 10:28
އެމްޑީޕި ސަރުކާރުގައި ދީނަށް ހަޖޫޖަހައި، ދީނަށް ކުަޑައިމީސްކުރި ކުރުން ހަނދާންނައްތާލައިގެން ނުވާނެ: ރައީސް މުޢިއްޒު

މިހާރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގެ އޮވެ، އެ ސަރުކާރުގައި، ދީނަށް ހަޖޫޖަހައި، ދީނަށް ކުަޑައިމީސްކުރި ކުރުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ގަމު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓްގެ ރޭ ބޭއްވުނު ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒުވަނީ ކުރީ ސަރުކާރުގައި، މިހާރުގެ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮވެ، ދިވެހިރާއްޖެއަށް ގެއްލުންތައްވާގޮތަށް ހިނގާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާ ލައްވައި އެކަންކަން ހަނދާން ނައްތަވާލައްވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެެވެ. 

އެގޮތުން، އެމަނިކުފާނު ވިދާޅުވީ، ދިވެހި ގައުމު މިއަދު މިހާލުގައި އޮތީ ކުރީ ސަރުކާރުން ހައްދެއްނެތި ފައިސާ ޗާޕްކުރުމުންކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އެ ސަރުކާރުން 8000 މިލިއަން ރުފިޔާ ޗާޕުކޮށް ޑޮލަރުގެ އަގު މައްޗަށް ގެނެސް ދިވެހި ފައިސާގެ އަގު ދަށްކޮށްލި ކޮށްލުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންޖެހޭ މިހާރު މިއޮތް މަޖިލީހުގެ މެޖޯރިޓީ އޮވެ، އެބޭފުޅުންގެ ޕާޓީން، އަދި އެބޭފުޅުންގެ ސަރުކާރު އޮތް އިރުގައި، ދީނަށް ހަޖޫޖަހައި، ދީނަށް ކުަޑައިމީސްކުރި ކުރުން. އެކަން ތަކުރާރު ކުރުމަށް، އެ މިސްރާބަށް މިގައުމު ދެން ނުދިޔުމަށްޓަކައި މި މަސައްކަތް (މަޖިލިސް މެޖޯރިޓީ) ކުރަންޖެހޭ. އެމްޑީއެން ރިޕޯޓް ނެރެގެން، އަޅުގަނޑުމެންގެ ރަސޫލާ ޞޢވ އަށާއި އަޅުގަނޑުމެންގެ އަގީދާގެ މައިގަނޑު މަސްދަރުތަކަށް ހަޖޫޖަހައި، އެބޭފުޅުން ހެއްދެވި ރިޕޯޓް، އަދި ހެއްދެވީކީ އެކަންޏެއް ނޫން އަޅުގަނޑުމެންގެ ބައިތުލްމާލުން، މަތީ މަގާމުތަކުގައި އެބޭފުޅުންނަށް މުސާރަ ދެމުން ފަސް އަހަރު ނިންމައި ލެއްވި ބައެއްގެ ވާހަކަ މި ދައްކަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

އެހެންކަމުން ދިވެހިންގެ ވިސްނުން އިސްކޮށް، ދިވެހިންގެ ރާއްޖެއަށް ގައުމު ގެންދިޔުމުގެ ވިސްނުންހުރި ފަރާތްތަށް މަޖިލީހަށް ހޮވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 

އެހެނީ ގާނޫނުތައް ހަދައި، ގާނޫނު ބަދަލުކޮށް، ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަންވެސް ކުރަނީ ރައްޔިތުންގެ މަޖިލީހުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.