ރައީސް މުޢިއްޒު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ވޮއިސް
ހަބަރު
01 Apr 2024 | 14:00
ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ގަމު ދާއިރާ އާއި މައްޗަންގޯޅި އުތުރު ކެމްޕެއިން ޖަލްސާ މިރޭ

2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެކިއެކި ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރު ކެންޑީޑޭޓުންގެ ކެމްޕެއިން ޖަލްސާތައް ކޮންމެ ރެއަކި މާލޭގައި ބާއްވަމުންދާގޮތަށް، މިރޭވެސް 02 ދާއިރާއެއްގެ ޖަލްސާ މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުން ދަޢުލަތުގެ އެކި ވަޒީރުން ބައިވެރިވާ މި ކެމްޕެއިންޖަލްސާ ތަކުގެ ތެރެއިން މިރޭ 22:00 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މައްޗަންގޯޅި އުތުރު ޖަގަހައިގައެވެ.

މި ޖަލްސާ އޮންނާނީ މއ.މާރާދަގެ، ދަނބުރުއް މަގުގައެވެ. 

އަދި އެއަށްފަހުމިރޭ 23:00 ގައި ގަމު ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓްގެ ޖަލްސާ ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާ އޮންނާނީ ބިސްބުރު ކައިރީ ކުޑަ ޕާކުގައެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ޕީއެންސީގެ ޓިކެޓް ގައި 89 ކެންޑިޑޭޓަކު ވާދަކުރާއިރު، ތިން ދާއިރާއަކަށް ވާދަ ކުރާ ތިން ޕާޓީގެ ލީޑަރުންނަށް އެ ކޯލިޝަންގެ ތާއީދު ވަނީ ދީފައެވެ. އެ ތިން ލީޑަރުންނަކީ، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.

މި އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 42 އަންހެނުންނާއި އަދި 326 ފިރިހެނުން ހިމެނޭހެން ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދު 284،887 އަށް އަރައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.