މާރިޔާ އަޙުމަދު ދީދީ -- ފޮޓޯ: އެމްޑީޕީ
ހަބަރު
02 Apr 2024 | 11:48
ރާއްޖެއަށް ޑިމޮކްރަސީ އައިފަހުން ރާއްޖެ ނުދެކޭ ހާލަތަކަށް ރައީސް މުޢިއްޒު އެންމެ 4 މަސްދުވަހުން ދުއްވާލައިފި: މާރިޔާ

ރާއްޖެއަށް ޑިމޮކްރަސީ އައިފަހުން ރާއްޖެ ނުދެކޭ ހާލަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ 4 މަސްދުވަހުން ދުއްވާލައިފިކަމަށް ކުރީ ސަރުކާރުގެ ދިފާޢީ ވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވެފައިވަނީ "މިސްރާބު ހަމަމަގަށް" ޝިޢާރުގެ ދަށުން އެމްޑީޕީން ކުރިއަށް ގެންދާ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް، ޙަސަން އިޔާދު ސަލީމުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ، ރައީސް މުޢިއްޒު އެމްޑީޕީއަށް ނިސްބަތްކޮށް ބޭރުގެ ވަޒީރުންގެ ފަރާތުން އޯޑަރު ނަގައިގެން ވެރިކަން ކުުރި ކަމަށެވެ. ނަމަވެސް އެމްޑީޕީން ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމަމުން އައީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، އިންޑިއާ ޓުއަރިސްޓުން ރާއްޖެއަށް އައުން މަދުވެއްޖެކަމުގެ ވާހަކަތައް ދެކެވެން ފެށީވެސް ރައީސް މުޢިއްޒުގެ ވެރިކަން އައިފަހުން ކަމަށާއި، ރައީސް މުޢިއްޒު ބޭނުންފުޅުވަނީ ރައްޔިތުން ހާލުގައި ޖައްސައިގެން ބޭތިއްބުންކަމަށެވެ.

މާރިޔާ ވިދާޅުވީ ރައީސް މުޢިއްޒު ވަނީ ކުރީ ސަރުކާރުގެ ޕްރޮޖެކްޓުތައްވެސް ހުއްޓާލާފައި ކަމަށެވެ.

އަދި ރައްޔިތުންނަށް ވަޒީފާގެ ބިރު އިންތިހާއަށް ދައްކަވަމުން ގެންދަވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މި ރޯދަމަހުގެ 10 ދުވަހަށްވެސް، އެ ކަނޑާލި މީހުން އެބަތިބި އަނެއްކާ ދުވަހު މުސާރައަށް ނަގާފަ. އެކަމަކު، މިދާ 10 ދުވަހު އެމީހުން ކައިރީ ގޭގައި ތިބޭށޭ ބުނެފަ، އެމީހުންނަށްވެސް އެއްވެސް ގޮތަކަށް ފައިސާ ލިބޭނެ ގޮތެއް ނެތް. ބިރުވެރިކަމެއްގައި ބަހައްޓާފައި ތިބެނީ. ކެމްޕެއިނެއް، އެހެން މީހަކާ، ކެންޑިޑޭޓަކާ އަނގައިން ބުންޏަސް ކަނޑާލާނެކަމުގެ އިންޒާރު ދީފައިވަނީ.   

މާރިޔާ އަޙުމަދު ދީދީ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، 2008 ވަނަ އަހަރު ދިވެހިރާއްޖެއަށް ޑިމޮކްރަސީ އައިފަހުން ރާއްޖެ ނުދެކޭ ދަށް ހާލަތަކަށްރައީސް މުޢިއްޒު ދުއްވާލައިފި ކަމަށެވެ. 

ހަނިިމާދޫ އެއާޕޯޓަށް ފޭބިއިރު، އިންޑިއާ ދިދަ ޖަހާލާފައި އެބަތިބި، އެމީހުން އެބުނާ "ޓެކްނިކަލް" މީހުން ތިބި ހެދުންއަޅައިގެން. އަޅުގަނޑު ހަމަ ވަރަށް ގާތުން ބަލާލާފަ މި އައީ. އައިތަފާތެއް އޮތް ކަމަކަށް ނުވޭ. އިންޑިއާ ސިފައިން ގައިގައި އަޅައިގަނެގެން ވެއްޓެނީއޭ، އަޅުގަނޑުމެން ގޭދޮށަށްގޮސް ރޯދަމަހު އެކީގަ ޤައްދާރަށް ގޮވީކަމެއް، މިހާރު އެމީހުން އޭގެ އެއްވެސް ހަނދާނެއް ނެތް

މާރިޔާ އަޙުމަދު ދީދީ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ރައީސް މުޢިއްޒުއަށް މަޖުބޫރުވެފައި މި ސަރުކާރުން ޕްރޮޖެކްޓު ހިންގާނަމަ، ކާމޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ގަންނަ ތަކެތީގެ އަގު ބޮޑުވަމުންދާ ކަމުގައެވެ.

އެތަކެތީގެ އަގު ކުޑަކުރާ ކަމުގައި ވަނީނަމަ، މި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހިފައިވާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ، މި ސަރުކާރުގައި އެއްވެސް ރޭވުންތެރިކަމެއް، "ސްޓެބިލިޓީ" އެއް ނެތްކަމުގައެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ މެޖޯރިިޓީ ހޯދުން މުހިއްމު ކަމަށެވެ. ކެމްޕެއިންތަކަށް ރަށްރަށަށް ދިޔުމުންވެސް ރައްޔިތުންގެ ފަރާތުން އިވެމުންދަނީ ރައީސް މުޢިއްޒު އަޒުލުކުރައްވަން ޖެހޭ ކަމުގެ އަޑުތައް ކަމަށް މާރިޔާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.