ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
31 Mar 2024 | 10:53
ސަރުކާރު ކެނޑިޑޭޓުން މަޖިލީހަށް ހޮވުމަކީ އަމިއްލަވަންތަ ގައުމެއް ބިނާ ކުރުމަށްދެވޭ އެއްބާރުލުމެއް: ރައީސް

ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ބޭފުޅުން ހޮވައިދިނުމަކީ އަމިއްލަވަންތަ ގައުމެއް ބިނާ ކުރުމަށް އެއްބާރުލުން ދިނުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި އައްޑޫ ހުޅުދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓު މުޙައްމަދު ޝާހިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ރައީސް މުއިއްޒު ވިދާޅުވީ، ކުރިމަތިވެފައިވަނީ ވަރަށް މުހިންމު ގައުމީ ވާޖިބެއް ކަމަށާއި، އެބޭފުޅުން ކުރައްވަމުން ގެންދަވަނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ރައީސް ޑރމުއިއްޒު ވިދާޅުވީ، މަޖިލީސް އިންތިހާބާއި މެދު ފަރުވާ ކުޑަކޮށްލައިފި ނަމަ ގައުމުގެ މުސްތަގުބަލު ބިނާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައު ވަރަށް ބޮޑު ގެއްލުމެެއް ކުރިމަތިވެދާނެ ކަމަށެވެ. ގައުމު ފާލުން ނެއްޓިގެން ދަނިކޮށް، ހަމަމަގަށް ގެނެސް ދިވެހީންގެ ރާއްޖެއަށް މިސްރާބު ޖަހައި، ދިވެހީންގެ ރާއްޖެ ހޯދީ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށެވެ.

އެހެންކަމުން،މި މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ދިވެހީންގެ ރާއްޖޭގެ ވިސްނުން ގެންދަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ވިސްނުން ނުގެންދެވިއްޖެ ނަމަ، މިހާރު ކުރަމުންގެންދާ މަސައްކަތްތަކުގެ ފޮނި މީރުކަން ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ ކެނޑިޑޭޓުން މުޅި ރާއްޖޭގެ ހުރިހާ ދާއިރާއަކުން ހޮއްވަވައިދެއްވުމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އަޅުގަނޑުމެންގެ ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމެއް. އެއީ އަމިއްލަވަންތަ ގައުމެއް ބިނާކުރުމަށްޓަކައި މި ކުރާ މަސައްކަތަށް ދެއްވާ އެއްބާރުލުމަކަށް ވާނެ."

ރައީސް މުއިއްޒު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބާއި ދޭތެރޭ ބަކީ އޮތީ ތިން ވަރަކަށް ހަފްތާ ކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ފަރާތުން މި އިންތިހާބުގައި ކުރިމަތިލާ ކެނޑިޑޭޓުން މަޖިލީހަށް ހޮވައިދިނުމަށް ހުރިހާ ރަށެއްގެ އަދި ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.