ރޭ ބޭއްވި މިސްރާބު ހަމަ މަގަށް ޖަގަހަ ޖަލްސާގައި ރައީސް ޞާލިހު ވާހަކަ ދައްކަވަނީ- ފޮޓޯ/ އެމްޑީޕީ
ހަބަރު
12 Apr 2024 | 14:36
އެމްޑީޕީ ވެރިކަމަށް އައި އިރުވެސް ޤައުމުގެ މާލީ ހާލަތު އޮތީ ރަނގަޅަކަށް ނޫން: ރައީސް ޞާލިހު

އެމްޑީޕީ ވެރިކަމަށް އައި އިރުވެސް ޤައުމުގެ މާލީ ހާލަތު އޮތީ ރަނގަޅަށް ނޫން ކަމަށާ، އެ ސަރުކާރުން މަޝްރޫއުތައް ފެއްޓީ އެކި ގޮތް ގޮތުން ހޯދި ފައިސާއިން ކަމަށް، އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރޭ އައްޑޫގައި ބޭއްވި މިސްރާބު ހަމަ މަގަށް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އަދުގެ ސަރުކާރުން ފައިސާ ނެތް ކަމަށް ބުނެ، 17،00 އެއްހާ ޕްރޮޖެކްޓް ހުއްޓާލަާފައިވާ ކަމަށެވެ.

އަދި ފައިސާ ނެތީގެން ކަމަށް ބުނެ ޕްރޮޖެކްޓްތައް ހުއްޓާލާފައިވާއިރު، އެކަން އެހެންވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާއަށް ކަންކަން މެނޭޖްކުރައްވަން އެނގުވަޑައިނުގަންނަވާތީ ކަމަށް ޞާލިހު ވިދާޅުވިއެވެ. އަދި އެމަބިކުފާނުގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރުވެސް ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ރައީސް ޞާލިހު ވުދާޅުވިއެވެ.

އަޅުގަނޑުމެން ވެރިކަމަށް އައި އިރުވެސް ރާއްޖޭގެ މާލީ ހާލަތު އޮތީ ރަނގަޅަކަށް ނޫން. އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، ބަޖެޓަށް އެބޭނުންވާ ފައިސާ ނުލިބުނު ނަމަ، ހަމަ ދަތި ހާލަތަކަށް ދިޔައީސް

އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ސާލިހު ވިދާޅުވި ގޮތުގައި، އެ ހާލަތުން އަރައިގަތުމަށް އެ ސަރުކާރުން އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ބޭނުންވާ ފައިސާ ހޯދުން ކަމަށެވެ.

އެގޮތުން، ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ ގްރާންޓްގެ ގޮތުގައި 200 މިލިއަން ޑޮލަރު ހޯދުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކޮންޑިޝަނަލް ފައިނޭންސްގެ ގޮތުގައި 800 މިލިއަން ޑޮލަރު އަޅުގަނޑުމެން ހޯދިން. 

އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ޞާލިހު ވިދާޅުގައި އެ ސަރުކާރުން ފެށި ޕްރޮޖެކްޓްތައް ހިނގަމުންދަނީ އޭރު އެ ހޯދި ފައިސާއިން ކަމަށެވެ. އަދި އޭރު ޑޮލަރުގެ ދަތިކަން އޮތުމުން، ބޭނުން އިރެއްގައި ބޭނުން ކުރެވޭ ގޮތަށް 400 މިލިއަން ޑޮލަރުވެސް ހޯދައި ތައްޔާރު ކުރި ކަމަށާ، އެ ސަރުކާރުން ޕްރޮޖެކްޓްތައް ފަށައިގަތީ އެ ހޯދި ފައިސާއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ، މި ސަރުކާރުން މިއަދުވެސް އަންނަނީ ރައްޔޮތުންނަށް އޮޅުވާލައިގެން ރައްޔޮތުންގެ މަޖިލީހުގެ މެޖޯރުޓީ ހޯދަން ކަމަށާ އެއީ ބިރުހުރި ކަމެއް ކަމަށެވެ. އެގޮތުން، މި ސަރުކާރުން ސިޔާސީ ޕާޓީ ތަކާއި، ނޫސްވެރިންނަށާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށްވެސް ހުރަސް އަަޅަމުންދާ ކަމަށާ، އެއީ ބިރުވެރިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، ރައްޔޮތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕިއަށް ދޭންޖެހޭ ކަމަށް ވެސް ޞާލިހު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.