މިރޭގެ ޖަލްސާގައި އަދުރޭ ވާހަކަ ދައްކަވަނީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Apr 2024 | 23:36
މި ފަސް އަހަރު ނިމޭއިރު ހައްދުންމަތި އޮންނާނީ ރާައްޖޭގެ ތަރައްގީގެ އެންމެ އުހުގައި: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ހައްދުންމަތި އޮންނާނީ ތަރައްގީގެ އެންމެ އުހުގައި ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުالله، އަދުރޭ ވިދާޅުވެއްޖެއެވެ. 

ރައީސް ލ. ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ އަތޮޅުގެ ހަތަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް އެދިވަޑައިގެންފައެވެ. އަދި އެފަދައިން ކަން ކުރެއްވި ނަމަ، އެ ކެންޑިޑޭޓުން ވާނީ ހައްދުންމައްޗަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކެންޑިޑޭޓުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

އަޅުގަނޑު ކަށަވަރުކަން މިދެނީ ހައްދުންމަތީ ރައްޔިތުންނަށް. އިރާދަކުރެއްވިޔާ ހައްދުންމައްޗަށް ބޭނުންވާ ކުރިއެރުމާ ތަރައްގީ އަޅުގަނޑުމެން ގެނެސްދޭނަން. ތިބޭފުޅުންގެ ހިތްހަމަޖެހޭ ފެންވަރަށް އަޅުގަނޑުމެން މިކަން ކޮށްދޭނަން. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ނިމިގެންދާއިރު ހައްދުންމަތި އޮންނާނީ ދިވެހިންގެ ރާއްޖޭގެ ތަރައްގީގެ އެންމެ އުހުގައި. ސުވާލުވެސް އުފައްދަވާނެ ކަމެއް ނެތް. މުޅި ހައްދުންމައްޗަށް އެކީގައި އަަޅުގަނޑުމެން ތަރައްގީ ގެންނަން މި މަސައްކަތް ކުރަނީ

ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުالله

އަދުރޭގެ ވާހަކަފުޅުގައި އޭނާ ވަނީ، ހައްދުންމައްޗަކީ ރާއްޖޭގެ އަތޮޅު ތަކުގެ ތެރެއިން އެންމެ ފުރުސަތުތައް ބޮޑު އަތޮޅުކަން ގަބޫލުކުރައްވައި، ދައުރުގެ ކުރީ ކޮޅުގައި ހައްދުންމަތީގެ ތަރައްގީގެ މަޝްރޫއުތައް ފެއްޓެވިކަމަށްޓަކައި ރައީސްުލްޖުމްހޫރިއްޔާ އަށް ޝުކުރު އަދާކުރައްވާފައެވެ. 

އަދުރޭ އިތުރަށް ވިދާޅުވިގޮތުގައި، ވާދަވެރިން ފާޑުކިޔައި ހެދި ނަމަވެސް، ސަރުކާރު އޮތީ ނުގުޑާފަދަ އަޒުމެއްގައި ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ވެރިކަމަށް އަންނަ ކޮންމެ ގޮންޖެހުމަކާއިވެސް ކުރިމަތިލާނީ ކެރިގެން ހިތްވަރާއި އެކީގައި ކަމަށެވެ. 

މަނިކުފާނުގެ ވެރިކަން ދިފާއުކުރުމަށްޓަކައި އެކަކު ސާބިތުވެ ހުރިއްޔާ އެމީހަކީ އަޅުގަނޑު. މުޅި ހައްދުންމަތިވެސް މިއޮތީ އެ ގޮތުގައި. 

ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުالله

މީގެ އިތުރުންވެސް އަދުރޭ ވިދާޅުވި ގޮތުގައި ހައްދުން މައްޗަށް ތަރައްގީ ގެނެވޭނެ ކަމީ ޝައްކު ކުރައްވާ ކަމެއް ނޫން ކަމަށާ އެހެން ނަމަވެސް ތަރައްގީ ގެނެވޭނީ ރައްޔިތުން ބޭނުން ވެގެންނެވެ. އެހެންކަމުން، އެކަމަށްޓަކައި ރައީސް މުއިއްޒަށް ވެރިކަން ކުރެއްވުމުގެ މަގު ފަހި ކޮށްދެއްވައި، މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައި ދެއްވުމަށް އަދުރޭ ވަނީ އެދިވަޑައިގެންފައެޗެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.