ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
08 Apr 2024 | 13:14
ނަތީޖާ ނެރެދީ، އައްޑޫ ސިޓީ ރައްޔިތުން އުއްމީދުކުރާ ތަރައްގީ ހޯދައިދޭނަން: ރައީސް ޑރ.މުޢިއްޒު

މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރާއި ރައްޔިތުންގެ ތަރައްގީއަށް ފުރުސަތު ފަހިކޮށް ދޭނެ ކެންޑިޑޭޓުން އިންތިހާބު ކޮށްދެއްވައިފިނަމަ ނަތީޖާ ނެރެދީ، އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، ރޭގައި، މަރަދޫ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އައްޑޫ ސިޓީއަކީ މި ސަރުކާރުން ގެންގުޅޭ ޤައުމީ ތަރައްގީގެ ޕްލޭނުގައި ވަރަށް މުހިންމު ހިއްސާއެއް އޮތް ތަނެއް ކަމަށާއި މި ޕްލޭން ގެ ދަށުން އައްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމުގެ މަސައްކަތް ކުރާއިރު، އެކަން ހާސިލު ކުރުމަށްޓަކައި ސިޓީގެ ރައްޔިތުންގެ އެއްބާރުލުމުގެ މުހިންމުކަމަށެވެ.

 ތަރައްގީގެ ޕްލޭންވެސް ފާސްވާން އޮތީ މަޖިލީހުގެ ތެރެއިން ކަމަށްވާއިރު، އެމަނިކުފާނު ބޭނުންފުޅުވަނީ 20 އަހަރުގެ ދުރު ރާސްތާ ތަރައްގީގެ މާސްޓަރ ޕޭލެނެއް އެކަމަށް ހާއްސަ ގާނޫނެއް ހަދައިގެން ގާނޫނަކުން ހިމާޔަތްތެރިކަމާއި ރައްކާތެރިކަން ލިބޭ ތަރައްގީގެ މާސްޓަރ ޕްލޭނެއް ގެނެސްދެއްވުމަށް ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

"ނަތީޖާ ނެރެދީ، އައްޑޫ ސިޓީގެ ރައްޔިތުން ތާއަބަދު ތިޔަ އުއްމީދު ކުރަމުން އައި ތަރައްގީ އަޅުގަނޑު ހޯދައިދޭނަން އިރާދަކުރެއްވިއްޔާ މި ފަހަރު،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުޢިއްޒު ވަނީ އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީސް ތެރޭގައި ބަސް ކިޔަން އަބަދު އެއްބަޔަކަށް ދީފައި އޮތުމުން މާނަ ހުރި ދެމެހެއްޓެނިވި ތަރައްގީއެެއް ހާސިލްވެފައިނުވާކަން ފާހަގަކޮށް،  އެކިވަރުގެ މަޝްރޫޢުތައް ހިންގާފައި ހުރި ނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ނުވާ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ