ރޭގެ ޖަލްސާގައި އަލީ މޫސަ ވާހަކަ ދައްކަވަނީ- ފޮޓޯ/ ޕިީއެންސޫ
ހަބަރު
08 Apr 2024 | 12:31
ރައީސް މުޢިއްޒުގެ ވަޢުދުފުޅުތައް ހަގީގަތަކަށް ހަދައިދިނުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޢަލީ މޫސަ

މަޖިލީހަށް ހޮވިއްޖެނަމަ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވައުދުފުޅުތައް ހަގީގަތަކަށް ހަދައިދެއްވަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ޢަލީ މޫސާ ވިދާޅުވެއްޖެއެވެ. 

ހޯރަފުށި، ތުރާކުނު، އަދި އުލިގަން ރައްޔިތުންގެ ތެރެއިން މާލޭގައި އުޅޭ ރައްޔިތުންނާ ރޭ ބައްދަލުކުރައްވުމަށް ރޭ ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޢަލީ މޫސަ ވިދާޅުވީ، މަޖިލީހަށް ހޮވިއްޖެނަމަ އޭނާ ވެގެންދާނީ ސަރުކާރުގެ ވައުދުތައް ފުރިހަމައަށް އެއްބާރުލުން ދެއްވާ މެންބަރަކަށް ކަމަށެވެ. 

އަޅުގަނޑުވާނީ ރައީސްގެ ސިޔާސަތުތައް ތަންފީޒުކޮށް، ވައުދުތައް ފުއްދުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ މެންބަރަކަށް. ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު، ދާއިރާގެ ތިން ރަށުގެ ރައްޔޮތުންނަށް ޚިދުމަތްކޮށްދިނުމުގައި ސާބިތުވެ ހުންނާނަން. ރައީސްގެ ވައުދުފުޅުތައް ހަގީގަތަކަށް ހަދައިދޭން މަސައްކަތް ކުރާނަން. ސަރުކާރާއި ގުޅިގެން، ހޯރަފުށި ތުރާކުނު އަދި އުލިގަމަށް ތަރައްގީ ގެނެސްދޭން މަސައްކަތް ކުރާނަން. 

އަލީ މޫސަ

އަލީ މޫސާ އިތުރަށް ވިދާޅުވީ، އިންތިހާބު ކާމިޔާބު ވެއްޖެނަމަ، އެންމެ އިސްކަމެއް ދެއްވާނީ، ދާއުރާގެ ރައްޔިތުން އުފަލާއި، ހިތްހަމަޖެހުމާއެކު ދާއުރާގައި އުޅުމުގެ މަގު ފަހިކޮށްދެއްވުމުގެ ނިޒާމެއް ގާއިމް ކޮށްދެއްވުމަށެވެ.

އެއާއެކު ޒުވާނުންނާއި ކަނބަލުންނަށް ފަހި ފުރުސަތުތަކެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ޢަލީ މޫސަ ވިދާޅުވިއެވެ.

އަދި ހަމައެހެންމެ، ދާއިރާގެ ސިއްޙީ ހިދުމަތްތަކާއި ތަޢުލީމީ ހާލަތު އިތުރަށް ތަރައްޤީ ކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޢަލީ މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ހޯރަފުށީގެ ތަރއްގީއަށްޓަކައި މިހާރުވެސް ފަށާފައިވާ ޕްރޮޖެކްޓް ތަކުން ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ލިބޭނެކަން ފާހަގަކުރައްވައި އަލީ މޫސަ ވަނީ އެކަމަށްޓަކައި ރައީސް މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. 

އަލީ މޫސަ ވަނީ، ހޯރަފުށީ ދާއިރާގެ ގޮނޑި ސަރުކާރަށް ހޯދައިދިނުމަށް ދާއިރާގެ ރައްޔޮތުން އެކަތި ގަނޑަކަށްވެ ގަދަ އަޅައި މަސައްކަތް ކުރުމަށް އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.