ޕީއެންސީގެ މަޖިލީސް އިންތިހާބުގެ ތަރުޖަމާނު ހީނާ ވަލީދު-- ފޮޓޯ: ޕީޕީއެމް
ހަބަރު
11 Apr 2024 | 21:02
އެމްޑީޕީއިން އެންޓި ކެމްޕެއިން ކުރާ ކަމަށް ބުނެ ޕީއެންސީން މައްސަލަ އީސީ އަށް ހުށަހަޅަނީ

އިދިކޮޅު އެމްޑީޕީއިން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އެންޓި ކެމްޕެއިން ކުރާ ކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން އެ މައްސަލަ އީސީ އަށް ހުށައެޅުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިމިވަނީ ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު ހީނާ ވަލީދެވެ. މިގޮތުން ހީނާ ވިދާޅުވީ އެމްޑީޕީން ދޮގު ވާހަކަތައް ފަތުރައިގެން އެންޓި ކެމްޕޭން ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. 

އެމްޑީޕީން ކުރަމުންދާ އެންޓި ކެމްޕޭން ގެ ތެރޭގައި، ފައިސާ ދީގެން އެމްޑީޕީން ޓްވިޓާ އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި ޕީއެންސީއާ ދެކޮޅަށް ދޮގު ޚަބަރުތައް ފަތުރާ ކަމަށް ވިދާޅުވެ ހީނާ ވަނީ މި މައްސަލަ އީސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

"މިއީ ސީދާ އިންތިޚާބުތަކާއި ބެހޭ ގާނޫނާ ވެސް ކަނޑައެޅިގެން ޚިލާފު ކަމެއް. އަޅުގަނޑުމެން މިގޮތަށް އެ ބޭފުޅުން ކުރަމުންދާ އެންޓި ކެމްޕޭން މައްސަލަތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ ވާހަކަ ދަންނަވަން."

ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ހީނާ ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ފަސް އަހަރަކީ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމަށް އެންމެ ދަތިކުރި ދުވަސްތައް ކަމަށާއި، އޭގެ ތެރޭގައި ގާނުނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަހަލަ އިންޒާރެއް ދިނުމެއް ނެތި ފުލުހުން އައިސް  މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމާއި ޕެޕަރ ސްޕޭ ޖެހުން ފަދަ ކަންކަން ހިމެނޭ ކަމަށާއި މިފަދަ ކަންކަން ކެނޑިނޭޅި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަމުން ދިޔަ ކަމަށެވެ.

ހީނާ ވިދާޅުވީ، މިދިޔަ ފަސް އަހަރު ތެރޭގައި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަށް ފުރުސަތު ނުދޭ ތަން ފެނިގެން ދިޔަ ކަމަށާއި، މިއާއި ޚިލާފަށް މި ސަރުކާރުން ސިޔާސީ ވެރިންނަށް ބިރު ދައްކައި ހައްޔަރު ނުކުރާނެ ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޕޮލިސީއެއް ނޫން ކަމަށެވެ.

ކޮމެންޓް
ސަރީފް
ހީނާ އެންޓި ކެމްޕޭންކުރަނީޑރމުއީޒް.ވ.ސަލާން
11 Apr 2024
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.