20 Apr 2024
މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކޭކަށް ނެތް: ހީނާ
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ވެރިކަން ނިމުނުއިރު އިޤްތިސާދު އަނދަވަޅަކަށް ވައްޓާލާފައި ވާއިރު، މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އިދިކޮޅު އެމްޑީޕީއަށް ދެއްކެން ނެތްކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.