ރައީސް ޞާލިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ- ފޮޓޯ/ އެމްޑީޕީ
ހަބަރު
21 Apr 2024 | 12:55
އެމްޑީޕީއަށް ސާފު އަޣްލަބިއްޔަތު ލިބޭތަން ފެނޭ: ރައީސް ޞާލިހު

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބިގެންދާތަން ފެނިވަޑައިގަންނަވާކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޖަމާލުއްދީން ސްކޫލުގައި ހުންނަ ދާއިރާގެ ވޯޓް ފޮށްޓަށް ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޞާލިހު ވިދާޅުވީ މި އިންތިހާބުންވެސް އެމްޑީޕީއަށް ސާފުކޮށް އަގުލަބިއްޔަތު ލިބިގެންދާ މަންޒަރު ފެންނަ ކަމަށެވެ. އެގޮތުން ރައީސް ޞާލިހު ވިދާޅުވީ ބޮޑެތި ސިޓީތަކުން އެމްޑީޕީއަށް އަގުލަބިއްޔަތު ލިބޭނެކަމަށާ، އަދި ކުދި ރަށްތަކުންވެސް އެމްޑީޕީއަށް ތާއީދު އޮތްކަން ފެނިގެންދާކަމަށެވެ.

މިއާއެކު ރައީސް ޞާލިހު ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ވީހާވެސް އަވަހަށް ނުކުތުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސް ޞާލީހު ވަނީ އިންތިޚާބަށް ސަރުކާރުން ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ ކަންކަން ކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އަދި ކެމްޕެއިން ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ބޭނުން އިންތިހާއަށް ކުރަމުންދިޔަތަން ފެނިގެންދިޔަކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިީހުގެ އިންތިޚާބުގައި ޖުމްލަ 93 ދާއިރާއެއްގެ މެންބަރުން އިންތިޚާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެއެވެ. 

މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 284،663 މީހަކަށްލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 181 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި އަތޮޅުތަކުގައި 319 ފޮށި އަދި ރިސޯޓުތަކުގައި 34 ފޮށި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ޖަލުތަކުގައި 5 ފޮށި އަދި ރާއްޖޭން ބޭރުގައި 3 ފޮށި ވަނީ ބަހައްޓާފައެވެ.

ކޮމެންޓް
ބުއްޅަބެ
ކުރިންވެސް ތިޔަސާފު އަގުލިބިއްޔަތު ލިބިގެންޏެ ތިހިރީ ބާލާފަ. މިފަހަރުވެސް ސޯޓު ބޭލޭނީ
21 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.