ހީނާ ވަލީދު-- ފޮޓޯ: ޕީއެސްއެމް ނިއުސް
ހަބަރު
20 Apr 2024 | 14:37
މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކޭކަށް ނެތް: ހީނާ

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ވެރިކަން ނިމުނުއިރު އިޤްތިސާދު އަނދަވަޅަކަށް ވައްޓާލާފައި ވާއިރު، މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އިދިކޮޅު އެމްޑީޕީއަށް ދެއްކެން ނެތްކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިއަދު ބޭއްވި މަޖިލިސް އިންތިހާބާއި ގުޅޭ ޕްރެސް ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ، އިގްތިޞާދު އަދަވަޅަކަށް ވެއްޓި، ބިލިއަނުން ލޯނު ނަގާ ރައްޔިތުންނާއި އަންނަން އޮތް ޖީލަށްވެސް ދަރަނިވެރިވެފައިވާ ކަމަށެވެ.

"ވެރިކަން ނިމުނުއިރު އިޤްތިސާދު އޮތީ އަނދަވަޅަކަށް ވައްޓާލާފައި، އެހެންކަމުން އިޤްތިސާދުގެ ވާހަކަ ދައްކަން މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކޭކަށް ނެތް. ބިލިއަނުން ލޯނު ނަގާ ރައްޔިތުން އަދި ދަރިންގެ ދަރިން އަންނަން އޮތް ޖީލަށް ދަރަނިވެރިވެފައި މިއޮތީ" 

ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، އެމްޑީޕީން ކުރިހާ ވެސް ކަމަކީ ގާނޫނުގައި ތަޅުއަޅުވާ، ފައިސާ ޗާޕުކޮށް، ޤައުމު އަނދަވަޅަކަށް ވައްޓާލުން ކަމަށެވެ. އަދި މިދިޔަ ސަރުކާރުގެ ސިޔާސަތުތައް އޮތީ ބޮޑުތަނުން ފެއިލްވެފައިކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރެއްވީ އަމިއްލަ ފައިދާއަށް ކަމަށާއި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ އެމްޑީޕީގެ މަޝްރޫއުތައް ވަނީ ފެއިލްވެފައި ކަަމަށެވެ.

މިކަން އެމްޑީޕީ ވެރިކަމަށް ގެނައުމަށް އެންމެ ބޮޑު މަަސައްކަތް ކުރެއްވި ކުރީގެ ރައީސް ނަޝީދު ވަރަށް ރަނގަޅަށް ހާމަކޮށްދީފައިވާ ކަމަށާއި، އެމްޑީޕީގެ ވެރިކަމުގެ އިސްލާމްދީނުގެ ހުރުމަތް ކަނޑާ، އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ވެސް ހީނާ ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.