ރައީސް ސޯލިހާއި ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު
ރިޕޯޓް
20 Apr 2024 | 10:21
މާދަމާ ވޯޓްލާއިރު ރައްޔިތުންގެ ކުރިމަތީގައި އޮތީ ކޮން ގޮތެއް؟

ރާއްޖޭގައި މިހާތަނަށް ފެންނަމުން އަންނަ އިންތިޚާބީ ފިލޯސަފީއަށްބަލާއިރު  ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބުގައި އަބަދުވެސް ރައްޔިތުން ވޯޓްލަނީ އެވަގުތަކު ސަރުކާރު ހިންގަން އޮންނަ ޕާޓީއަކަށް ކަމުގައި އޮންނަނީ ގަބޫލުކުރެވިފައެވެ. އެމްޑީޕީން 2008 ވަނަ އަހަރާއި އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ދައުވާކުރީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑީ ސަރުކާރަށް ތާއީދު ކުރުމުން ކަމުގައެވެ. އަދި ޕީޕީއެމުން ކުރި ވެރިކަމުގައިވެސް ރައްޔިތުންނަށް ވިސްނައިދިނީ އެގޮތެވެ. މިހާރު މިއޮތީ އެމްޑީޕީން ދެ ފަހަރު ވެރިކަން ކޮށްފައި ދިޔަގޮތަށް ޕީޕީއެމަށްވެސް ދެފަހަރު ދިވެހި ގައުމު ހިންގަން ފުރުސަތު ލިބިފައެވެ.

މިހާރު މިއޮތީ އެއްކަލަ ވޯޓް އައިސް ޖެހިފައެވެ. ބޮޑު ސުވާލަކީ މިފަހަރު އިންތިޚާބު ކާމިޔާބު ކުރާނީ ކޮންބައެއް ހެއްޔެވެ. ރައްޔިތުން އަޣްލަބިއްޔަތު ދޭނީ ކޮންޕާޓީއަކަށް ހެއްޔެވެ.

ރައީސް މުޙައްމަދު ނަޝީދު ވެރިކަންކުރި ދައުރު ފިޔަވައި ދެން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެ އިންތީޚާބުގައިވެސް ރައްޔިތުން ވޯޓްދިނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން ހޮވައި މަޖިލީހުގައި ސަރުކާރަށް ބާރު ދިނުމަށެވެ.

ވޭތުވެދިޔަ ސަރުކާރުތަކުގައި މަޖިލިސް ލިބިގެން ނެރުނީ ކޮން ނަތީޖާއެއް

ވޭތުވެދިޔަ ސަރުކާރުތަކަށް ވޯޓްދީގެން ނުކުތީ ކޮންނަތީޖާއެއް ހެއްޔެވެ. މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ބައެއް ރަނގަޅު ކަންތައް ކުރައްވާފައި ވިޔަސް ގެންގުޅުއްވި ޚުދުމުޚްތާރު ގޮތްތަކާއި ބޯހަރުކަމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާވިއްކުންފަދަ ތައާރަފްކުރައްވަން އުޅުއްވި ވިޔާނުދާ ލާދީނީ އަދި ދައުލަތުގެ ހަރުމުދާތަކާއި ސްޓްރެޓެޖިކް އިންވެސްޓްމަންޓްތައް ބޭރުމީހުންނަށް ވިއްކާލުންފަދަ ކަންތައްތަކުން ނަޝީދު ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން އެފަހަރު ނުދިނީ ސަބީކެވެ. ދެވުނު ނަމަ ދިވެހި ރާއްޖެ ދިޔަ ނުދިޔަ ރޮނގެއް ނޭގުނީސްކަމަށް ގަބޫލުރާ މީހުން މިއަދުވެސް ނުހަނު ގިނައެވެ. އެފަހަރު ޑީއާރްޕީ މަޖިލީހުގެ މެޖޖޯރިޓީ ލިބިގެން ނަޝީދުގެ މިބާވަތުގެ ވަރަށް ގިނަ ކަންކަން ހުއްޓުވައި ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތްކުރިކަމަށް ގަބޫލުރާ މީހުންނަކީ މިއަދުވެސް އެމްޑީޕީ ފިޔަވައި ދެންތިބި އެންމެނޭވެސް ބުނެވިދާނެއެވެ.

ދެން އައި ރައީސް ޔާމީންގެ ސަރުކާރުގައި ޕީޕީއެމާއި ގުޅިފައިވާ ޕާޓީތަކަށާއެއްކޮށް ސަރުކާރުން ކަންކަން ނިންމުމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނެވެ. އެނިންމުމުން ދެކަމެއް ފެނިގެންދިޔައެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރު ބޭނުންކުރައްވައިގެން ދިވެހިރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ ބޮޑު ތަރައްގީގެ މަޝްރޫއުތައް ޔާމީންގެ ސަރުކާރުގައި ހިންގިއެވެ. ހުޅުމާކެ ބްރިޖް މަޝްރޫއާއި އެއަރޕޯޓް ތަރައްގީ ކުރުމާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެދެވަނަ ފިޔަވައްސާއި ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި މާލެ ހުޅުމާލެ ކަނެކްޓިވިޓީ ރޯޑާއި ހިޔާފްލެޓްތަކަކީ އިދިކޮޅު އެމްޑީޕީން މަޖިލީހުގައި ކިތަންމެ ވަރަކަށް ފާޑުކިއުމާއި އިދިކޮޅު ހެދުން ކުރިމަތި ކުރިޔަސް މަޖިލީހުގެ މެޖޯރިޓީގެ ބާރުގައި ސަރުކާރުން ހިންގި މަޝްރޫއުތަކެކެވެ. ރަށްރަށުގައި ހިންގި ފެނާއި ނަރުދަމާއާއި މަގުހެދުމާއި ބަދަރުހެދުންފަދަ ތަރައްގީގެ މަޝްރޫއުތަކަކީވެސް ސަރުކާރުގެ މެޖޯރިޓީގެ ބާރުގައި އޭރު ކުރަމުންދިޔަ ކަންތައްތަކެކެވެ. ދެވަނައަށް ފެނުނު ކަމަކީ މަޖިލީހުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރަން ފުރުސަތު އޮތުމުގެ ނަތީޖާ އެއްގެގޮތުން އެމްއެމްޕީއާރްސީގެ ވައްކަމުން ފަދަ ބޮޑު ޚިޔާނާތައް ހިގައި ވާނެއެއްޗެއް ވެގެންދިޔައިރުވެސް އެކަން ހުއްޓުވޭނެގޮތެއް ނުވުމެވެ. ގާނޫން އަސާސީ ބަދަލުކުރެވޭ ވަރުގެ ސުޕަރ މެޖޯރިޓީއެއް އޮތުމުން ސަރުކާރުގެ ބައެއް ވެރިން ދައުލަތުގެ ނިޒާމުގެ މައްޗަށް ގަދަވެގަތުމެއް ފެނިގެން ދިޔުމެވެ. މަޖިލީހުގެތެރެއިންނާއި ޖުޑީޝަރީގެތެރެއިން ސަރުކާރު ވައްޓާލަން އުޅުމަކީ އެހެންގޮތަކަށް ސިފަކުރެވިދާނެ ކަމެކެވެ.

ދެން އައީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމެވެ. ސާލިހްގެ ސަރުކާރަށް ރައްޔިތުން ދިން ބާރުވެރިކަމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މިހާތަނަށް ރައްޔިތުން އެއްވެސް ސަރުކާރަށް ނުދޭފަދަ ބޮޑު ބާރެކެވެ. އެމްޑީޕީއަށް އެކަނި މުޅި ދައުލަތުގެ ނިޒާމާއި ގާނޫން އަސާސީއާއި ކުޅެ ބޭނުންބަދަލެއް ގެނައުމުގެ ބާރު ދިނެވެ. ނަތީޖާ ސާލިހްގެ ސަރުކާރާއި ޔާމީންގެ ސަރުކާރާއި އަޅައި ކިޔާލުމުން ރައްޔިތުންގެ ކުރިމަތީގައި އޮތީ ފެންނާށެވެ.

މަޖިލީހުގެ ބާރުވެރިކަން އެމްޑީޕީގެ ސަރުކާރަށް ދިނުމުން ނުކުތް ނަތީޖާއަށް ބަލަންޏާ ކުރިމަތީގައި އޮތީ ހިތްފަސޭހަ މަންޒަރެއް ނޫނެވެ. ކިތަންމެ ވަރަކަށް ރައީސް ސާލިހް އެމަނިކުފާނުގެ އަމަލުފުޅު ދިފާއުކުރެއްވިޔަސް ދިވެހި ގައުމުގެ ސިޔާދަތީ ބާރު ހިގަމުންއައި ސަރަހައްދުން ބައެއް ދިވެހިރާއްޖޭގެ ގާނޫން އަސާސީގައި އެފަދަ ކަމެއް ކުރަން ކަޑައަޅާފައިވާ ގޮތާއި ޚިލާފަށް މޮރިޝަސްއަށްދޫކޮށްލަން އެއްބަސްވި އެއްބަސްވުމަކީ ދިވެހި ގައުމަށް ވެވަޑައިގެންނެވި ޚިޔާނަތެކެވެ. ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރު ގެއްލި ވެރިކަމުން ފައިބައިވަޑައިގަންނަވަން ޖެހވަޑައިގަތީމާ މިހިގާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރާއްޖޭގެ ސިޔާސީ ޕޯޑީއަމެއްގައި ދިވެހިރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ވާހަކަފުޅު ދައްކަވަން އެމަނިކުފާނު ލަދުވެތިވެވަޑައިގަންނަވަން ޖެހެއެވެ. ދުނިޔޭގައި ހިގަމުންދާ ޖިއޯޕޮލިޓިކަލް ހަނގުރާމައެއްގެ ތެރެއަށް ދިވެހިރާއްޖެ ވައްޓައިލައި ބޭރު ގައުމެއްގެ އަޅުވެތިކަމުގެތެރެއަށް ދާފަދަ ދަރަޖައަކަށް ގައުމުގެ މަސްލަހަތުތައް ދޫކޮށްލުމަށް ކުރައްވާފައިވާ އަހްދު ނާމާތަކާއި ކުރައްވާފައިވާ ކަންކަމަކީވެސް ފެންނަން ހުރި ކަންކަމެވެ. މިކަންކަން ވެރުކަމުގައި ހުންނަވައިގެން ސާލިހް ދިފާއުކުރައްވަމުން ގެންދެވީ ރައްޔިތުން އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެތެރެއިން ދީފައިވާ ސުޕަރމެޖޯރިޓީގެ ބޭރު ބޭނުންކުރައްވައިގެންނެވެ. ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ފަދައިން ވައްކަމާއި ފަސާދައަށްވެސް ފަސްއަޅައި ފޮރުވޭތޯބެލިއެވެ.

ޕޮޒިޓިވްކަމަކީ ކޮބައިތޯއެވެ. ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީން ދައްކަނީ މާލޭ ރައްޔިތުންނަށް ދިން ގޯތީގެ ވާހަކައެވެ. ދެން އެމަނިކުފާނުގެ ސަރުކާރުގައި އިންޑިޔާއިން ނެގި އެއްބިލިޔަން ޑޮލަރުގެ ލޯނެއްގެތެރެއިން ފެށި ބްރިޖް މަޝްރޫއެވެ. މާލޭ ރައްޔިތުންނަށް ދިން ގޯއްޗަށް ބަލަންޏާ އެއަށްވުރެ ބޮޑު ނާއިންސާފު އަދި ދިވެހި ރައްޔިތުންތަކެއް ނިކަމެތިކޮށްލި ކަމެއް އޮންނާނެތޯއެވެ. ވޯޓްލާންވީމާ މާލޭގެ ދަފްތަރުގައި ތިބި ރައްޔިތުންނަކީ މާލޭގެ ރައްޔިތުންނެވެ. އެމީހުންގެ ކައިރިއަށް ވޯޓްހޯދަން އާދޭސްކުރަން ދެވެއެވެ. އެކަމަކު ގޯތިދޭންޖެހުނީމާ އެ ރައްޔިތުންނަކީ މާލޭގެ ރައްޔިތުންނަކަށް ނުވިއެވެ. އެއީ އިންޑިއާގައި އޮންނަ ކާސްޓް ސިސްޓަމްގައި އަމަލުކުރާގޮތަށް މާލޭގެ ދެވަނަ ދަރަޖައިގެ ރައްޔިތުންނެވެ. ގޯތިން އެރައްޔިތުން މަހްރޫމްކޮށްލެވުނީއެވެ. މާލޭގެ މޭޔަރުގެ އިންތިޚާބުގެ ބަހުސްގައި މާލޭގެ މިހާރުގެ މޭޔަރު އެމްޑީޕީގެ އާދަމް އާޒިމް ވިދާޅުވިއެވެ. ދަފްތަރު މީހުންނަށް އަހަރުމެންވާނީ ގޮތެއް ހޯދައިދީފައެވެ. އެމީހުންނަށް އުތުރުތިލަފަޅުން އޮންނާނީ ގޯތި ދީފައެވެ. ރައީސް މުއިއްޒަށް އޭނާ އިލްތިމާސް ކުރެއްވީ އުތުރުތިލަފަޅަށް މާލޭގެ ދަފްތަރު ރައްޔިތުން ބަދަލުކޮށްލުމަށެވެ.

ސަރުކާރަށް މެޖޯރިޓީ ދޭންޖެހޭތަ؟

މިއަދުވެސް ރައްޔިތުންގެ މަޖިލީގު މެޖޯރޮޓީ އޮތީ އެމްޑީޕީއަށެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ މަޖިލީހުގެ މެޖޯރިޓީގެ ބާރު އެޕާޓީން ބޭނުންކުރާގޮތާއިމެދު ބަހުސް ކުރެވިދާނެއެވެ. އެންމެ ފުރަތަމަވެސް އަލަށް އިންތިޚާބުވި ރައީސް މުއިއްޒުގެ ކެބިނެޓަށް ވޯޓްދިނުމުގެ ކުރިން މަސައްކަތްކުރަންފެށީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަން މަޖިލީހުގެތެރެއިން ނަގައި ސަރުކާރު ވައްޓާލުމަށެވެ. ބަޖެޓްގައި އާ ސަރުކާރުން ހިންގަން ޖެހި ތަރައްގީގެ މަޝްރޫއުތައް ބަޖެޓުން އުނިކޮށް ސަރުކާރުގެ އަތްބަދެލީއެވެ.

ދެން މިއަދުގެ ސަރުކާރެވެ. ސަރުކާރު ހިންގަން ރައްޔިތުން ހޮވާފައި ހުންނެވީ ޔާމީނު ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކަށް އަމަލީ ސިފަގެންނެވުމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތެވެ. ޔާމީނު ސަރުކާރުގެ ތަރައްގީ ކޮންޓިނިއުޓީ ހިފެހެއްޓުމުގެ ތަޖުރިބާ ހުންނެވި ފަރާތެކެވެ. އެކަކު އަދި ހުންނެވީ މަޖިލީހުގެތެރެއިން ދެ އަތްޕުޅު ބަނދެފައެވެ. ފަސްމަސްދުވަސް ނުވާ ސަރުކާރު އަދި ހަނގުރާމަކުރަމުންދަނީ ސަވައިވަލްއަށެވެ. އިންތިޚާބުގައި އާ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން މެޖޯރިޓީ ލިބިގެން ނޫނީ ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ފުރުސަތު ނުލިބޭނެކަން މަޖިލީހުގައި އެމްޑީޕީން ސާބިތުކޮށްދިނުމަކީ ރައްޔިތުންނަށް ދިން ނުބައި މެސެޖެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.