އަލައިކާ-- ފޮޓޯ: ވޮއިސް
ހަބަރު
20 Apr 2024 | 14:15
އަޅުގަނޑުމެން މި ނިކުންނަނީ ލުއި ސަރުކާރުގެ ސިޔާސަތެއް ގާނޫނަކުން ކަށަވަރުކޮށްދޭން: އަލައިކާ

ދަ ޑިމޮކްރެޓްސް އިން މަޖިލިސް އިންތިހާބުގައި ވާދަކުރަން ނުކުންނަނީ  ލުއި ސަރުކާރުގެ ސިޔާސަތެއް ގާނޫނަކުން ކަށަވަރުކޮށްދޭންކަމަށް ދަ ޑިމޮކްރެޓްސް ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.

ރޭގައި ކުރީގެ ރައީސް ނަޝީދާއި އެކު ދަ ޑިމޮކްރެޓްސް އިން ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލައިކާ ވަނީ އެ ޕާޓީން އަޑު އުފުލާން ބޭނުންވާ ކަންކަމުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ.

މިގޮތުން އަލައިކާ ވިދާޅުވީ، ޕެންޝަން ސްކީމްގައި ލައްވާ ނުލާ، ކިޔެވޭނެ ފުރުސަތެއް ނެތް، އަދި އެހެނިހެން ވެސް އިނާޔަތެއް ނެތް އެންމެހާ ރައްޔިތުންގެ އަޑު އުފުލަން ބޭނުންވާ ކަމަށެވެ.

ދައުލަތުގެ އެއްވެސް މުދަލެއް އަދި ދައުލަތުން ފޯރުކޮށްދޭން ޖެހޭ އެއްވެސް ހިދުމަތެއް ގާނޫނަކުން ކަށަވަރުކުރާއިރު އެއްވެސް ރައްޔިތެއް ތަފާތުކުރެވިގެން ނުވާނެކަން ފާހަގަކުރައްވާ އަލައިކާ ވިދާޅުވީ، ރައްޔިތުންގެ މެދުގައި ތަފާތުކުރުން ތައް ބޮޑު ކަމަށާއި، ދައުލަތުގެ ވެރިންނާއި ނުފޫޒު ގަދަ ފަރާތްތަކުގެ މެދުގައި ރައްޔިތުންގެ މުދާތައް ބަހަމުންދާ މަންޒަރު ފެންނަ ކަމަށެވެ.

"އަޅުގަނޑުމެން މިނިކުންނަނީ މަތިބަރު ސަރުކާރުތަކަށް އޯކޭ ނުވާތީވެ ލުއި ސަރުކާރުގެ ސިޔާސަތެއް ގާނޫނަކުން ކަށަވަރުކޮށްދޭން އެސިޔާސަތު ހިފައިގެން."

އަލައިކާ ވިދާޅުވިއެވެ.

ބޮޑު މަޖިލީހެއް އޮތް ނަމަވެސް އެކަމުން ރައްޔިތުންނަށް މަންފާ އެއް ނުކުރާ ކަމަށާއި، ޑިމޮކްރެޓްސް އިން މަޖިލިސް ކުޑަކޮށް، ރައްޔިތުންނަށް މަޖިލިސް މެމްބަރުން ވަކި ކުރެވޭނެ ގާނޫނުތަކެއް އެޖެންޑާގައި ލިޔެވިގެން ރައްޔިތުންނަށް އެބާރުތައް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އަލައިކާ ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.