ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ ޝަމީމް
ރިޕޯޓް
20 Apr 2024 | 17:52
ފިޔޯރީ އަދި ރަތަފަންދޫ އެދެނީ ސިޔާސީ ހެޔޮ ބަދަލަކަށް

ރައްޔިތުންގެ މަޖިލީހުގައި 90 އަށްވުރެ ގިނަ ދާއިރާތައް އޮތް އިރު، އާއްމުކޮށް  ތަރައްގީ އާއި ކުރިއެރުން އަންނަތަން ފެންނަނީ ދާއިރާގެ ރަށްތަކުގެ ތެެރެއިން އާބާދީގެ ގޮތުން ބޮޑު، ރަށްތަކަށެވެ. އާބާދީ ކުދި ރަށް ރަށަށް އޮންނަނީ އަޅާ ނުލެވިފައެވެ. މިއީ އަބަދުވެސް، ހުރިހާ ދާއިރާއެއްގައި ހެން ކަން ވަމުން އަންނަ ގޮތް ކަމީ އެންމެންވެސް ގަބޫލު ކުރާނެ ހަގީގަތެވެ. އެ ތަފާތު ކުރުންތަކުގެ  ސަބަބުން އާބާދީގެ ގޮތުން ކުދި ރަށްރަށުގެ ރައްޔިތުން ތިބެނީ މާޔޫސްވެ އުއްމީދު ކަނޑާލައިގެންނެވެ. ތަރައްގީ އަކީ އެ ރަށްތަކަށް އަންނާނެ އެއްޗެއް ކަމަށް މީހަކު ބުނި ނަމަވެސް އެއީ ކުލައެއް ނުޖެހޭނެ ހުވަފެނެއްކަން އެ ރައްޔިތުންގެ ހިތާއި ހިތުން ތިބެނީ ކިޔާލަ ކިޔާލައެވެ. 

އެހެން ނަމަވެސް، އެކަން ބަދަލު ކުރަން އަތުކުރި އޮޅާލައިގެން ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ތައްޔާރު ހުންނެވި ކެންޑިޑޭޓުންގެ ތެރޭގައި ޔަގީނުންވެސް ހިމެނޭނެ އެއް ކެންޑިޑޭޓަކީ ފަރެސްމާތިޑާ ދާއިރާއަށް ވާދަކުރައްވާ އަމިއްލަ ކެންޑުޑޭޓް، ކެންޑިޑޭޓް ނަމްބަރު 1، ގދ. ފިޔޯރީ، ރިހިދޯދި، ޝަމީމް މުހައްމަދު އިސްމާޢީލެވެެ. 

ފަރެސްމާތޮޑާއާއެކު ރަތަފަންދޫ އަދި ފިޔޯރީގެ އަޑުވެސް މަޖިލީހަށް

ނިމިދިޔަ ސަރުކާރު ތަކާއި މިހާތަނަށްވެސް ފަރެސްމާތޮޑާ، ރަތަފަންދޫ އަދި ފިޔޯރީގެ ގޮނޑި ތަމްސީލް ކުރައްވަން ތިއްބެވި މެންބަރުންގެ ފަރާތުން ރަތަފަންދޫ އަދި ފިޔޯރީއަށް މާ ބޮޑު ސަމާލުކަމެއް ދީފައި ވާތަން ފެންނަން ނެތް ކަމަށް ޝަމީމް ވިދާޅުވެއެވެ. އަދި އެއީ އެ ދެ ރަށުގެ ރައްޔިތުންގެވެސް ނުހަނު ބޮޑު ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރައްވާ އެވެ. 

މިފަދައިން ކަން ދިމާވާންޖެހުނު މައިގަނޑު ސަބަބަކީ އާބާދީގެ ގޮތުން ކުޑަވުމާއި، ސިޔާސީ ބާރުވެރިކަން ނެތުން ކަމަށް ޝަމީމް ވުދާޚުވެއެވެ. އޭގެ ސަބަބުން  ރަތަފަންދޫ އަދި ފިޔޯރީ މިބާތަނަށްވެސް އޮތީ ތަރައްގީގެ ޗާޓުން ފޮހެވިފައިކަމަށް އޭނާ ވުދާޅުވެއެވެ. 

ފާއިތުވި 10 އަހަރު ދައުލަތުން ދާއިރާ ތަކަށް ކަނޑައަޅާ ތަރައްގީގެ ޕީއެސް އަޕީ ބަޖެޓުގެ %70 ވަކި ރަށަކަށް ފަހިވާގޮތަށް ކަނޑައަޅާ ފިޔޯރީ އަދި ރަތަފަންދޫ ބާކީ ވެފަ އޮތުން މީ ސިޔާސީ އާޖީލަކަށް ފުރުސަތު ދޭންޖެހޭ ކަމެއް

ޝަމީމް މުހައްމަދު އިސްމާޢީލް

ކަން މިހެން ހުރުމުން، ޝަމީމް އަކީ ރަތަފަންދޫ އާއި ފިޔޯރީ ތަރައްގީގެ ޗާޓުގެ ކުރިއަށް އަރުވައި އެ ދެރަށަށް ތާރީޚީ ބަދަލެއް ގެނައުމަށް އަމާޒުހިފައި، އެ އަމާޒާއި ހަމައަށް ވާސިލް ވުމަށް، މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކޮށް ދެ ރަށުގެ އަޑުވެސް މަޖިލީހަށާއި ސަރުކާރަށް އިއްވަދޭނެ ކެންޑިޑޭޓެއް ކަމީ އެ ދެރަށުގެ ރައްޔިތުން ގަބޫލު ކުރާނެ ހަގީގަތެކެވެ. 

ޝަމީމާއެކު ފިޔޯރީ އާއި ރަތަފަންދޫ ރައްޔިތުންގެ ތަރައްގީއަށް ކުރާ އުއްމީދު ހަގީގަތަކަށް

ރަތަފަންދޫގެ އަދި ފިޔޯރީ އަކީ ވެސް ދިވެހިން ދިރިއުޅޭ ރަށަކަށް ވީހިނދު ދައުލަތަށް ދިވެހިންގެ އަތުން ނަގާ ޓެކްސް ފައިސާ އެ ދެރަށުގެ ރައްޔިތުންގެ އަތުންވެސް ބަރާބަރަށް ނަގަމުންދެއެވެ. ނުވެ އޮތް ކަމަކީ އެއިން އެ ދެ ރަށަށް ލިބެންޖެހޭ ހައްގު މިންވަރު އަދި އަދަށްވެސް ނުލިބުމެވެ.

އެހެންނަމަވެސް، ޝަމީމް ހުރީ އެ ހައްގު މިންވަރު ހޯދައި ދިނުމުގެ އަޒުމުގައެވެ. ފަރެސްމާތޮޑާގެ ރައްޔިތުންނަށް ކުރިއެރުމާއު ތަރައްގީ އާއި ތަނަވަސްކަން ގެނެސްދިނުމަށް މަސައްކަތް ކުރުމާއެކު ފިޔޯރީ އަދި ރަތަފަންދޫ ރައްޔިތުންގެ ހުވަފެންތަކުގައިވެސް ކުލަ ޖެއްސުމުގެ އަޒުމުގައެވެ.  

އެގޮތުން އެއް ފަޅެއް ހިއްސާ ކުރާ ރަތަފަންދޫ އާއި ފިޔޯރީ ކޯސްވޭ އަކުން ގުޅާލުމަށް އެ ދެރަށުގެ ރައްޔިތުން ޒަމާނުސުރެން ދެކެމުން އަންނަހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށް މަޖިޅިހުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ޝަމީމް ހުރީ ތައްޔާރަށެވެ. 

އަދި ފިޔޯރީގައި މި ސަރުކާރުން އަޅަން ވައުދު ވެފައިވާ މަސް ޕްރޮސެސިން ފެކްޓްރީއަކީ މިދެރަށުގެ ރައްޔިތުން ނުހަނު ބޮޑަށް ހަގީގަތަކަށް ވުން އެދޭކަމެއް ކަމަށް ވާއިރެ އެކަން ހަގީގަތަކަށް ހަދައި ދިނުމަށް މަޖިލީހުގައި ކެނޑިނޭޅި ވަކާލާތު ކޮށް އެކަން ހަގީގަތަކަށް ހަދާފައި މެނުވީ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. 

ހަމަ އެހެންމެ ފިޔޯރީ ސްކޫލް ހިންގުމަށް ބޭނުންވާ އައު އިމާރާތުގެ މަސައްކަތާއި އެނޫންވެސް އެ ދެރަށާއު ދާއުރާއަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޝަމީމް ދެއެވެ. 

އެހެންކަމުން، ފިޔޯރީ އަދި ރަތަފަންދޫއަށް ތަރައްގީ ގެނެސް ސިޔާސީ ހެޔޮބަދަލެއްގެނެވޭނީ ދާއިރާއަށް ތަސައްވަރެއް އޮތް، ފިޔޯރީގެ ދަރިއެއް ކަމަށްވާ ޝަމީމްއަށް ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. 


އެޑިޓަރުގެ ނޯޓް
މިއީ ކެނޑިޑޭޓް ކެންޕެންއަށް ވިޔަފާރި އުސޫލުން ޖަހާފައިވާ ލިޔުމެކެވެ. ކެނޑިޑޭޓްގެ ހަބަރާއި ރިޕޯޓް ވޮއިސްގައި ޖެހުމަށް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.