ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ހަބަރު
12 Apr 2024 | 16:53
ސަރުކާރަށް ފާރަވެރިވެވޭނީ އެމްޑީޕީ އަކަށް ނޫން، ޑިމޮކްރެޓްސްއަށް؛ އެމްޑީޕީގެ ތިލަފަތް އޮތީ އަޅުގަނޑުމެން އަތު: ނަޝީދު

ސަރުކާރަށް ފާރަވެރިވެވޭނީ އެމްޑީޕީއަކަށް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕިގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެސްގައި ވިދާޅުވީ ސަރުކާރަށް ފާރަވެރިވެވޭނީ ކުރީގައި ވެސް އެކަން ކުރި މީހުންނަށް ކަމަށާއި އެއީ ޑިމޮކްރެޓްސްއަށް ކަމަށެވެ.

މިއާއެކު ނަޝީދު ވިދާޅުވީ، އެމްޑީޕީ ގިނަ މަޖިލިސް މެންބަރުން ކޮންޓްރެކްޓްއެއްގެ ބޭނުމުގައި ފާރަވެރިވުން މުޅިން ދޫކޮށްލާފައިވާކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

"ދެންވެސް އެމްޑީޕީ މަޖިލިސް މެންބަރުން ގުޑާނީ ކޮންޓްރެކްޓަށް، އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސް އަތުގައި. އަސްލު އެމްޑީޕީއަކީ އަޅުގަނޑުމެން"

ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެ ޕާޓީ ތެރެއިން އުފެދުނު ހަމަނުޖެހުމުގެ ތެރެއިން، ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވައި، އެމްޑީޕީގެ ވެރިކަން ވައްޓާލުމަށްވެސް އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ޕާޓީ އަކީ ޑިމޮކްރެޓްސްއެވެ. 

އެގޮތުން، އެ ޕާޓީއާއި ގުޅުނު މެންބަރުން ވަނީ، އެމްޑީޕިގައި ތިބެގެންވެސް އެމްޑީޕީން ގަބޫލުކުރާ ޕާޓީގެ އަސާސްތައް މިހާރު އެ ޕާޓީން ނުހިފަހައްޓާ ކަމަށް ބުނެ ނުރުހުން ފާޅު ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް