މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް-
ހަބަރު
25 Apr 2024 | 12:48
ސުޕަ މެޖޯރިޓީގެ ނާޖާއިޒު ފައިދާ މި ސަރުކާރުން ނުނަގާނެ: ޝިޔާމް

މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް ލިބިފައި އޮތް ނަމަވެސް އޭގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ މި ސަރުކާރަށް ރައްޔިތުން ދީފައިވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އިތުބާރު ކުރާތީ ކަމަށެވެ. 

ޝިޔާމް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުންވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފެނިގެންދިޔައީ ސަރުކާރަށް ދަތިކުރުމުގެ މަސައްކަތް ކުރާ ތަން ކަމަށާ، އެ މަނިކުފާނުގެ މެނިފެސްޓޯ ތަމްފީޒުކުރުމަށް ހުރަސް އަޅުައްވަމުންދީޔަ ތަން ކަމަށެވެ. އެހެން ކަމުން، އެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ޒިންމާދާރު މަޖިލީހެއް ރައްޔިތުން ބޭނުންވެ ސަރުކާރަށް ސުޕަމެޖޯރިޓީ ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

ވޭތުވެދިޔަ ފަސް މަސް ތެރޭގައި، ޒިންމާދާރު އިދިކޮޅު، ނުވަތަ ޒިންމާދާރު ވާދަވެރި ޕާޓީއަކުން ކުރާނެ ޒާތުގެ ކަން ކަމެއް ނޫނޭ މިހާރު މިއޮތް މަޖިލީހުގައި އޮތް މެޖޯރިޓީން ކުރަމުންދިޔައީ. އެހެންވީމާ މި މެޖޯރިޓީ ރައްޔިތުން ބޭނުންވީ ބަދަލު ކުރަން. ރައީސް މުއިއްޒުއަށް އިތުބާރާ އެމަނިކުފާނަށް އޮތް ލޯތްބާއި އުއްމީދުތައް ހާސިލް ކުރުމަށްޓަކައި ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތު އެމަނިކުފާނަށް އެ ދެއްވީ

އަހުމަދު ޝިޔާމް

މިއާއެކު ޝިޔާމް ވިދާޅުވީ ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއަށް ބޮޑެތި ދަތި އުނދަގުލާ އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން 20 ވަނަ މަޖިލީހުގައި އެ މަންޒަރުތައް ނުފެންނާނެ ކަމަށެވެ.

."މި ހިނގާ 19 ވަނަ މަޖިލީހުގައި އަޅުގަނޑުމެން ފެށިއިރު ވަރަށް އުނދަގޫ، ވަރަށް މަދު މެންބަރުންކޮޅެއް އަޅުގަނޑުމެންގެ ތިބީ. އަޅުގަނޑުމެން ބިލަކަށްވެސް އަދި ބޮޑު މުހިންމު އިޝޫއަކަށް ވާހަކަދައްކަން ފަށާއިރު ހަމަ ހަ ފަރާތުން ހަޅޭއްލަވާ، ފުރައްސާރަ ކުރާ މަންޒަރު ފެނިގެންދިޔައީ. އެއީ މިއަދު ރާއްޖޭގެ ރައްޔިތުން ބަލަން ބޭނުންވާ މަންޒަރެއް ނޫން. އަޅުގަނޑުމެން މި ޔަގީންކުރަނީ އަޅުގަނޑުމެންގެ ސަރުކާރެއް ނިސްބަތްވާ ޕާޓީއެއްގެ ސުޕަ މެޖޯރިޓިއެއްގެ ނާޖާއިޒް ފައިދާ އަޅުގަނޑުމެން ނުނަގާނެ. އިރާދަ ކުރެއްވިއްޔާ ޒިންމާދާރު މަސައްކަތް ތަކެއް ފެންނާނީ،" މި ހިނގަމުްދާ 19 ވަނަ މަޖިލީހުގެ ނައިފަރު ދާއުރާގެ މެންބަރުކަންވެސް ކުރެއްވި އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ 20 ވަނަ މަޖިލީހުގައި ފެނިގެންދާނީ މައިނޯރިޓީއަށް އިހުތިރާމް ކުރާ މެޖޯރިޓީއެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.