އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ- ފޮޓޯ/ އީސީ
ހަބަރު
26 Apr 2024 | 16:55
އިންތިޚާބީ މިނިވަން މެންބަރުންގެ މައްޗަށް އެންޓި ޑިފެކްޝަން ޤާނޫނުގައިވާ ހާލަތްތައް އަދި ނުހިނގާނެ: އީސީ

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިޚާބުވި މިނިވަން މެންބަރުންގެ މައްޗަށް އެންޓި ޑިފެކްޝަން ޤާނޫނުގައި ބުނާ ހާލަތްތައް އަދި ނުހިނގާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. 

20 ވަނަ މަޖިލިސް އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި 7 ކެންޑިޑޭޓަކު ވަނީ ވެރިކަން ކުރާ ޕީއެންސީއަށް ދާދިފަހުން ސޮއި ކުރައްވާފައެވެ. 

އެކަމާއި ގުޅިގެން މިހާރު ތަސްދީޤްކޮށްފައިވާ އެންޓި ޑިފެކްޝަން ޤާނޫނު އެ ފަރާތްތަކުގެ މައްޗަށް ތަންފީޒު ކުރެވޭނެތޯ ނުވަތަ ނޫންތޯ އާއި، އެ މެންބަރުންގެ ގޮނޑި ގެއްލޭނެތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެކަމާއި ގުޅިގެން، ދައުލަތު މީޑިޔާގެ ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިޚާބީ މެންބަރުން ޕާޓީއާކާ ގުޅުނު ހިސާބުން ކުރެވެން ފެށި ބަހުސްތަކާއި ގުޅިގެން އެކަމުގެ ޤާނޫނީ ދިރާސާތައް ކޮމިޝަންގެ ލީގަލް ޓީމުން ހެދިކަމަށެވެ. 

އެގޮތުން ކުރެވުނު ދިރާސާ ތަކަށް އަލި އަޅުވާ ލައްވަމުން ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އެންޓި ޑިފެކްޝަން ޤާނޫނުގެ 3 ވަނަ މާއްދާގައި މެންބަރަކު ވަކިވާ 3  ހާލަތެއް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ 3 ހާލަތުގައިވެސް ބަޔާންކޮށްފައި އޮތީ މެންބަރަކު އިންތިޚާބު ވުމަށް ފަހު، އިންތިޚާބީ ދައުރުގެ ތެރޭގައި އެފަދަ ކަމެއް ކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ.

93 ދާއިރާއަށްވެސް އިންތިޚާބުވި މެންބަރުންގެ ދައުރު މި ފެށެނީ، އެބޭފުޅުން ހުވާ ކުރުމަށްފަހު މި ބާއްވާ ފުރަތަމަ ޖަލްސާ ބާއްވާ ހިސާބުން. އެހެންވީމާ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވުނު 11 މެންބަރުންގެ މިދެންނެވި އެންޓި ޑިފެކްޝަން ޤަނޫނުގެ 3 ވަނަ މާއްދާގެ މިބުނާ އެއްވެސް ހާލަތެއް އަދި ނުހިންގާ. އަދި އެ ޤާނޫނުގެ އިޙްތިޞާސްގެ ތެރެއަކަށް މިދެންނެވި ގޮތަށް އިންތިހާބު ކާމިޔާބުކުރެއްވި އެއްވެސް ބޭފުޅަކު ނުވަދޭ. އެހެންވީމަ ހުވާކުރުމަށްފަހު ބާއްވަ ފުރަތަމަ ޖަލްސާއިން ފެށިގެން އިންތިހާބުވި ބޭފުޅުން މިދެންނެވި ޤާނޫނުގެ ތެރެއަށް މިވަންނަނީ"

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ

މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ހޮވުނު 11 މެންބަރުންގެ ތެރެއިން ޕީއެންސީއާ ގުޅުނު 7 މެންބަރުންނަކީ؛

1) ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ

2) ޙަސަން ޒަރީރު – މަތިވެރި ދާއިރާ

3) އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ 

4) އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

5) ޔާސީން ޢަބްދުالله - ނައިފަރު ދާއިރާ

6) ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

7) މުޙައްމަދު ރަޝީދު (ރަޝީދުބެ) - ނޮޅިވަރަމް ދާއިރާ

ކޮމެންޓް
އިއްބެ
އަނާރާނަޢީމަކީވެސްޝަޚެއްގެމިންގަނޑުގައިހުރެވަޔަށްމަސައްކަތްކުރާމީހެއްކަންމިހާރުދިވެހިރައްތިތުންނަށްއެބގިއްޖެއެވެ
26 Apr 2024
ޙާލުގެ ދުލުން
އެންޓި ޑިފެކްޝަން ޤާނޫނުގެ މަޤުޞަދަކީ އަދި ރޫޙަކީ ތިޔެއްނޫން އެއިގެ މަޤުޞަދަކީ އަދި ރޫޙަކީ ރައްޔިތުން ވޯޓް ލާހިނދު ކެނޑިޑޭޓް ހުންނަ ޙާލަތު ރައްޔިތުން ވޯޓްލަނީ އެއަށް ބަލާގެން ޤާނޫނު މާނަކުރުމަކީ އީ.ސީ ގެ ކަމެއްނޫން.
26 Apr 2024
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.