އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު: ފޮޓޯ/ އެމްޑީޕީ
ހަބަރު
14 May 2024 | 14:38
އެމްޑީޕީ ދެމިއޮންނާނީ ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކުރުމުގައި ދޫނުދޭނެ ޕާޓީއެއްގެ ގޮތުގައި: ޝާހިދު

އެމްޑީޕީ ދެމިއޮންނާނީ ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކުރުމުގައި ދޫނުދޭނެ ޕާޓީއެއްގެ ގޮތުގައި ކަމަށް އެޕާޓީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ. 

ޝާހިދު މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ ބައެއް ކެންޑިޑޭޓުންނާއި މިއަދު ބައްދަލު ކުރެއްވުމުަށްފަހު އެ ބައްދަލުވުމާއި ގުޅޭގޮތުން އެކްސްގައި ⁦‪ކުރެއްވި ޕޯސްޓެއްގައެވެ

އެގޮތުން ޝާހިދު ވިދާޅުވީ، އެ ބައްދަލުވުން ތަކުގައި ކުރިއަށް އޮތް މަޖިލީހުގައި ޕާޓީގެ މެންބަރުން ކުރަން ހުރި މަސައްކަތްތަކާއި، ސަރުކާރު ޖަވާބުދާރީކުރުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އަދި މަޖިލިސް ތެރެއިން މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ކުރެވޭނެ ކަންކަމާއި ބެހޭ ގޮތުންވެސް މިއަދު ވާހަކަ ދެއްކެވުނު ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީ ދެމިއޮންނާނީ ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކުރުމުގައި ދޫނުދޭނެ ޕާޓީއެއްގެ ގޮތުގައި.

އަބްދުالله ޝާހިދު 

މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީކޮށް، ޒިންމާދާރު އޮޕޮޒިޝަންއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކުރަން ހުރި މަސައްކަތްތަކާ ބެހޭ ގޮތުންވެސް އެ ބައްދަލުވުން ތަކުގައި މަޝްވަރާކުރެވިފައިވާއިރު، ޝާހިދު ވިދާޅުވި ގޮތުގައި ޒިންމާދާރު އޮޕޮޒިޝަން ޕާޓީއެއްގެ ދައުރު އެމްޑީީޕީ އިން ފުރިހަމައަށް އަދާކުރާނެ ކަމަށެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ 12 ބޭފުޅުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.