މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު: ފޮޓޯ/ މަޖިލިސް
ހަބަރު
29 Apr 2024 | 10:47
އިބްރާހިމް ރަޝީދު ރައްޔިތުންނަށް: 20 ވަނަ މަޖިލީހަށް ހޮވީ ވެލްފެއަރ އޮފިސަރުންތަކެއް، ގާނޫނު ހަދާނެ މީހެއް ނުހޮވި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވާފައި ތިބީ ވެލް ފެއަރ އޮފިސަރުން ކަމަށާ، ގާނޫނު ހަދާނެ މީހަކު ހޮވާފައި ނުވާ ކަމަށް ބުނެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)ގެ ނުރުހުން އަނެއްކާވެސް ރައްޔިތުންނަށް އަމާޒުކުރައްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކޮޕީރައިޓް ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ އެ ގާނޫނު ހަދާފައި ވީ ނަމަވެސް ގާނޫނު ތަންފީޒު ނުކުރެވޭ ކަމަށެވެ.

ބޮންޑެ ވިދާޅުވީ ގާނޫނެއް ހެދުމަށްފަހު އެ ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭނެ ކަމަށާ، އަދި ގާނޫނާއިމެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ސަރުކާރާއި ކަމާ ބެހޭ މުވައްސަސާތަކުން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. 

އެއާއެކު ދިވެހި ރައްޔިތުންގެ ހޭލުންތެރިކަން ކުޑަކަން ފާހަގަ ކުރައްވައި އޭނާ ވަނީ 20 ވަނަ މަޖިލީހަށް ހޮވާފައި ތިބި މެންބަރުންގެ ގޮތުންވެސް އެކަން އެނގޭ ކަމަށް ވިދާޅުވެފައެވެ. 

ގާނޫނަށް (ރައްޔިތުންގެ) ހޭލުންތެރިކަން ހުރި މިންވަރަކީ، މިފަހަރު ރައްޔިތުންގެ މަޖިލީހުގެ މެނބަރުންނަށް ހޮވީ ވެލްފެއަރ އޮފިސަރުން. އެއްގޮތަކަށްވެސް ރައްޔިތުންގެ މަޖިލީހަށް ގާނޫނު ހަދާނެ މެންބަރަކު ނުހޮވާ. އެއީ ގުޅާލީމާ ވަގުތުން ހޮޓް ލައިންތައްވެސް އެހުރީ ހަދާފައި މިހާރު. ހޮޓްލައިން ހަދާފައި އެހުރީ އިސްލާމިކް މިނިސްޓްރީގަވެސް. ޒަކާތު ފަނޑުގަވެސް. މިކަހަލަ ގޮތަކަށް ވެލްފެއަރ އޮފިސަރުން މިތިބީ މިފަހަރު މަޖިލީހަށް އައިސްފައި. ޕާލަމެންޓެއް ނެތް މިހާރު. ސަރުކާރާ ޕާލަމެންޓާ އެއްވީމާ ދެން ތިބޭނީ ވެލްފެއަރ އޮފިސަރުން. 

އިބްރާހިމް ރަޝީދު (ބޮންޑެ)

މަޖިލީހަށް ވެލްފެއަރ އޮފިސަރުން ހޮވި ކަމަށް ބުނެ ބޮންޑެގެ ނުރުހުން ރައްޔިތުންނަށް މިއަދު އަމާޒު ކުރެއްވި އިރު، އެންމެ ފަހުން ވޭއްވުނު މަޖިލީހުގެ ޖަލްސާގައުވެސް އޭނާ ވަނީ، މި ނިމޭ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި އިޚުލާސްތެރިކަމާއެކު ބުރަ މަސައްކަތް ކުރުމަށްފަހު އިތުރު ދައުރަކަށް ކުރިމަތިލެއްވީމާ އެ މެމްބަރުންގެ މޫނުފުޅުމަތީ ރައްޔިތުން ޖެހީ ތަފާއްޔަކުން ކަމަށް ވިދާޅުވެ، މެމްބަރުން އިންތިޚާބުކުރުމުގައި ރައްޔިތުން އަމަލުކުރި ގޮތާމެދު ނުރުހުން ފާޅުކުރައްވާފައެވެ.

ބޮންޑޭ ވަނީ މި ފަހަރު ވެސް މާފަންނު މެދަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ބޮންޑޭ ވާދަކުރެއްވިއިރު، އޭނާއަށް އިންތިޚާބުގައި ކުރިމަތިވެވަޑައިގަތީ ނާކާމިޔާބާއެވެ.

މާފަންނު މެދު ދާއިރާއަށް ހޮވުނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު އަސްމާ ރަޝީދު (އަސްމާއްތަ) އެވެ.

ކޮމެންޓް
ސ.
ބޮންޑެމެންގެ އަމިއްލަ ފައިދައަށްނޫނީ ތިމީހުންހެދި ޤާނޫނެއް އެބައޮތްތަ؟
29 Apr 2024
ގަމާރު
މިރާއްޖޭގަ ހުރި ހަމައެކަނި ގާނޫނުހަދަން ދަންނަމީހަކީ ބޯންޑޭ ހެހެހެ ކީއްކުރާނީ
29 Apr 2024
އަމަޓީ
ހެލޯ ބޭފުޅާ ކޯޗެކުންތޯ ޕީއެޗް ޑީ ނަންގަވައިގެން ތި ހުންނެވީ ގާނޫނުހަދާތަނެން ނުފެނޭ ޒުވާބުކޮށް މާރާމާރީ ހިންގާ ތަނެންތީ އެހެންވެ ތިތަން ތިއޮތީ ބަދަލުކޮށްފަ ކުޑަކުދިންނަށްވެސް ޓީވީ ބަލާލެވޭގޮތަށް
01 May 2024
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.