އިބްރާހީމް ރަޝީދު
28 Nov 2023
ވަޒީރަކަށް މިދިޔަ އަހަރު ފޮނުވި ސުވާލުގެ ޖަވާބު އިއްވުނީ މިއަދުގެ!
ލިޔުމުން ޖަވާބު ހޯދުމަށް އެދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރަށް މިދިޔަ އަހަރު ފޮނުއްވި ސުވާލުތަކުގެ ޖަވާބުތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވުމުން ސުވާލު ހުށަހެޅުއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ނުރުހުން ފާޅުކުރައްވައިފިއެވެ.
25 Oct 2023
ރާއްޖޭގައި ރިއަލް އެސްޓޭޓު ގާނޫނެއް އެކުލަވާލަން ޖެހޭ
ދިވެހިރާއްޖޭގައި ރިއަލް އެސްޓޭޓު ނަމުގައި ގާނޫނެއް އަދި އަދަށްވެސް ނެތް ކަމަށާ އެފަދަ ގާނޫނެއް އެކުލަވާލަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.
16 Oct 2023
"މަސައްކަތްތެރިންގެ ހައްގުގެ ވާހަކަ ދައްކަނީ ހައްގުތައް ނުދީ"
މި ސަރުކާރުން މަސައްކަތްތެރިންގެ ހައްޤުތަކުގެ ވާހަކަ ދައްކަނީ، އެމީހުންގެ ހައްގުތައް ނުދީ ހިފަހައްޓައިގެން ތިބެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
10 Oct 2023
އެމްޑީޕީގެ ލީޑަޝިޕުން ފުރަތަމަ ޖެހޭނީ ތައުބާވާން: ބޮންޑާ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަޝިޕުން އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ ތައުބާވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
22 Aug 2023
"މަޖިލީސް ހިސޯރުކުރީ ރާއްޖޭގެ ސަރަހައްދެއް ވިއްކާލީމާ"
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ހުއްޓުމަކަށް ގެނެސް، މަޖިލީސް ހިސޯރުކުރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ރާއްޖޭގެ ސަރަހައްދުން ބައެއް ވިއްކާލުމުން ކަމަށާ، އެކަން ކުރީ އެމްޑީޕީ މެންބަރުން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
13 Jul 2023
"ހިޔާނާތް ހިނގިއިރު ހުރީ ދައުލަތުގެ ނުފޫޒެއް ފޯރާ ހިސާބެއްގައެއް ނޫން"
އެމްއެމްޕީއާރްސީ ހިޔާނާތް ހިނގިއިރު ހުރީ ދައުލަތުގެ ނުފޫޒެއް ފޯރާ ހިސާބެއްގައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
13 Jul 2023
އަދީބު ފިލައިގެން އެ ދިޔައީ ކޯޓަށް ދޮގުހެކި ދީފަ: ބޮންޑާ
ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ރާއްޖެ ދޫކޮށް އެ ދިޔައީ ފުއްގިރި މައްސަލައާއި ގުޅިގެން ކޯޓަށް ދޮގުހެކި ބަސް ދީފައިކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
13 Jul 2023
ފުއްގިރި ޚިޔާނާތް ހިންގިކަމެއް ކުރީގެ ވެރިންނަކަށް ނޭނގޭނެ: އިބްރާހިމް ރަޝީދު
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޓުއަރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޚިޔާނާތް ހިންގިކަމެއް އޭރުވެ ވެރިންނަށް އެނގިނުލައްވާނެ ކަމަށް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިބަސް ދެއްވަމުން މަޖިލީހުގެ މާދަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.