މެމްބަރު އިބްރާހިމް ރަޝީދު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު/ ފޮޓޯ: ވޮއިސް
ހަބަރު
13 Jul 2023 | 13:40
އަދީބު ފިލައިގެން އެ ދިޔައީ ކޯޓަށް ދޮގުހެކި ދީފަ: އިބްރާހީމް ރަޝީދު

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ރާއްޖެ ދޫކޮށް އެ ދިޔައީ ފުއްގިރި މައްސަލައާއި ގުޅިގެން ކޯޓަށް ދޮގުހެކި ބަސް ދީފައިކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ. 

ބޮންޑެ މިފަދައިން ވިދާޅުވެފައިވަނީ ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުްގެ ފަރާތުން ހެކިބަސް ދެމުންނެވެ. 

އެ މައްސަލައިގައި ހެކިބަސް ދެމުން ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ބުނެފައި ވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މަޝްވަރާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. 

އަދީބު ބުނީ ފުއްގިރި އިންޑިއާގެ ބަޔަކަށް ދޭން ރައީސް ޔާމީން ވިދާޅުވެފައިވާކަމަށެވެ. އަދި ރައީސް ޔާމިނު ވިދާޅުވެގެން އިންޑިއާ މީހުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ބޮންޑާ ވެސް ބައިވެރިވެފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި ފުއްގރި ކުއްޔަށް ދޫކުރާނެ އަގަކީ 2.5 މިލިއަން ކަމަށް އެއްބަސް ވެސް ވެވުނު ކަމަށެވެ. 

އެހެން ނަމަވެސް އަދީބު އެދުވަހު ކޯޓުގައި ހެދީ ކަނޑައެޅިގެން ދޮގެއްކަމަށް ބޮންޑެ ވަނީ ވިދާޅުވެފަ އެވެ. 

އޭނާ ވިދާޅުވީ ފުއްގިރި މުއާމަލާތާއި ގުޅޭ އެއްވެސް ކަމެއްގައި އަދީބާއި ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އަދީބު އެ ބުނި ބައްދަލުވުމުގައި ޔަގީންނުންވެސް އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ. 

އަދީބު ރާއްޖެއިން ބޭރަށް ފުރައިގެން އެ ދިޔައީ ކޯޓަށް ދޮގުހެކި ބަސް ދީފައިކަމަށް ބޮންޑެ ވަނީ ތުހުމަތުކުރައްވާފަ އެވެ. 

ފުއްގިރި މައްސަލައާއި ގުޅިގެން އަދީބުގެ ހެކިބަސް ނަގާފައިވަނީ ޖޫންމަހުގެ 12 ގައެވެ. އެ ދުވަހު ވެސް ބޮންޑާ ވަނީ އަދީބު ކޯޓުގައި ހަދާފައިވަނީ ދޮގުކަން ފާހަގަކޮށްފަ އެވެ. އަދި ދޮގުހެކިދެމުން އޭނާގެ ނަން ބޭނުންކުރި މައްސަލަ ކޯޓަށް ހުށައަޅާނެކަމަށް ވެސް ބޮންޑެ އެދުވަހު ވިދާޅުވި އެވެ. 

އޭގެއިތުރުން ބޮންޑެ ވިދާޅުވީ ފުއްގިރި ޚިޔާނާތް ހިންގާފައިވަނީ ޓުއަރިޒަމް މިނިސްޓްރީ ތެރެއިން ކަމަށެވެ. އަދި އެ ޚިޔާނާތް ހިންގިކަން އޭރުގެ ސަރުކާރުގެ ވެރިންނަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. 

އޭރުގެ ސަރުކާރުގެ ވެރިކަންކަމަށް ބޮންޑެ އެ އިޝާރާތްކުރެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުالله ޔާމީން އަބްދުލްގައްޔޫމަށްކަމަށް ބެލެވެެއެވެ.

އެއީ ފުއްގިރި މުއާމަލާތާއި ގުޅިގެން ދައުލަތުން ވަނީ ރައީސް ޔާމިނުގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންެގ ދައުވާ އުފުލާފަ އެވެ. 

އެހެން ނަމަވެސް ވަޒީރުން ކުރައްވާ ހުރިހާކަމެއް ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައި ނުގަންނަވާނެ ކަމަށާއި، ފުއްގިރި މުއާމަލާތާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ހައްގު ދައުވާތަކެއް ނޫންކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.