މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއަކަށް ޒުވާނުން އަހުލުވެރިކުރުވުމުގައި މުދައްރިސުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.
އަދި މުދައްރިސުންގެ ޢިލްމާއި، ޤުރުބާނީ، އަދި ޤައުމުގެ ޅަދަރިންގެ ވިސްނުން ބައްޓަންކުރުމަށް ކުރާ މިންނެތް މަސައްކަތް ފާހަގަކުރައްވައި، ޤައުމުގެ މުސްތަޤްބަލަށްޓަކައި އެ ބޭފުޅުން ވެވަޑައިގަންނަވާ ޤުރުބާނީއަށް ރައީސް ވަނީ ހިތުގެ އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، މުދައްރިސުން އެ ބޭފުޅުންގެ މުހިންމު ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާޙައުލެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
”މި ސަރުކާރުން މުދައްރިސުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، މަސައްކަތުގެ ބުރަ ލުއިކުރުމާއި، މަސައްކަތްކުރާ މާޙައުލު އިތުރަށް ފުރިހަމަކުރުމަށް ޚާއްޞަ އިސްކަމެއް ދޭނެ“
އަދި މުދައްރިސުންގެ ޢިލްމާއި، ޤުރުބާނީ، އަދި ޤައުމުގެ ޅަދަރިންގެ ވިސްނުން ބައްޓަންކުރުމަށް ކުރާ މިންނެތް މަސައްކަތް ފާހަގަކުރައްވައި، ޤައުމުގެ މުސްތަޤްބަލަށްޓަކައި އެ ބޭފުޅުން ވެވަޑައިގަންނަވާ ޤުރުބާނީއަށް ރައީސް ވަނީ ހިތުގެ އިޚްލާޞްތެރި ޝުކުރު އަދާކުރައްވާފައެވެ.
"މުދައްރިސުންނަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ ދަރިންނާއި ޤައުމު ބިނާވެގެންދާ ބިންގާ ވަރުގަދަކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކިޔަވައިދިނުމުގެ މާތް ޚިދުމަތުގެ އަގުވަޒަންކޮށް، މުދައްރިސުން ބާރުވެރިކުރުވުމަށް އިންވެސްޓްކުރުމަށާއި، ކޮންމެ ކުއްޖެއްގެ ކިބައިގައިވާ ހުނަރު އެންމެ މަތީ ދަރަޖައަށް ތަރައްޤީކުރުމަށްޓަކައި ކޮންމެ މުދައްރިސަކަށްވެސް ބޭނުންވާ އެހީތެރިކަން ލިބޭނެ ފަދަ ތަޢުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމިތިބުމަށް އެދިލައްވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists