މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް (ނައިފަރީ) ގެނެސްދެއްވާ "މަގޭ ސުވާލަކީ" ޕްރަގްރާމްގައި --
ހަބަރު
05 Oct 2026 | 07:55
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް (ނައިފަރީ) ގެނެސްދެއްވާ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ފާދިއްފޮޅު ހިންނަވަރުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

މީގެ ދެ އަހަރު ކުރީން 2024 ވަނަ އަހަރު ފެށި "މަގޭ ސުވާލަކީ" ޕްރަގްރާމަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޕްރަގްރާމެކެވެ. ޔޫޓިއުބުލް ވަގުތުން ދުރަށް ދައްކާ މި ޕްރަގްރާމްގެ 99 ވަނަ އެޕިސޯޑް ރޭ ވަނީ ގެނެސްދީފަ އެވެ. މިހާތަނަށް މި ޕްރަގްރާމް މެދުވެރިކޮށް 1800 ވުރެ ގިނަ ސުވާލަށް ޝެއިހް ވަނީ ވަރަށް ތަފްސީލު ގޮތެއްގައި ޖަވާބު ދެއްވާފަ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް (ނައިފަރީ) ގެނެސްދެއްވާ "މަގޭ ސުވާލަކީ" ޕްރަގްރާމްގައި --

"މަގޭ ސުވާލަކީ" ޓީމުން ބުނީ 100 ވަނަ ޕްރަގްރާމް ވަރަށް ޚާއްސަ ޕްރަގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. 100 ވަނަ ޕްރަގްރާމް ކުރިއަށް ގެންދާނީ ހިންނަވަރު ކައުންސިލާއި މުއައްސަސާތައް ގުޅިގެން އެ ރަށުގައި އަންނަ ހުކުރު ދުވަހުގެ ރެ އެވެ. 

މިއީ ޝެއިހް މުޙައްމަދު އިބްރާހިމްގެ ލޮލުގެ ފެނުން ގެއްލުނު ފަހުން މިފަދަ ހަރަކާތަކަށް ރަށުން ބޭރަށްދާ ފުރަތަމަ ފަހަރެވެ. އޭގެ ކުރީން ވަރަށް ގިނައިން ޝެއިހް ގެންދެވީ ހިންވަރާއި ކައިރި އެހެން ރަށްރަށަށް ޒިޔާރަތްކޮށް ދަރުސްތައް ބާއްވަމުންނެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް (ނައިފަރީ) ގެނެސްދެއްވާ "މަގޭ ސުވާލަކީ" ޕްރަގްރާމްގައި --

ހިންނަވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމްގައި ރައްޔިތުން ބޭނުންވާ  ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެ އެވެ. އެއްގަޑިއިރާއި 15 މިނެޓަށް ކުރިއަށް ގެންދާ މި ޕްރަގްރާމް ވީހާވެސް ގިނަ ޕްލެޓްފޯމްތަކުން ވަގުތުން ދުރަށް ދެއްކުމަށް މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ޓީވީ ސްޓޭޝަންތަކާއި އެހެނިހެން މީޑިއާތައް ހިމެނެ އެވެ.

މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.