މަޖިލީސް މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑާ)/ ފޮޓޯ: މަޖިލިސް
ހަބަރު
13 Jul 2023 | 11:57
ފުއްގިރި ޚިޔާނާތް ހިންގިކަމެއް ކުރީގެ ވެރިންނަކަށް ނޭނގޭނެ: އިބްރާހިމް ރަޝީދު

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޓުއަރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޚިޔާނާތް ހިންގިކަމެއް އޭރުވެ ވެރިންނަށް އެނގިނުލައްވާނެ ކަމަށް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިބަސް ދެއްވަމުން މަޖިލީހުގެ މާދަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ. 

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ވަނީ ކްރިމިނަލް ކޯޓުގައި ބާއްވާފަ އެވެ. އަދި މިއަދުގެ އަޑުއެހުމުގައި ވަނީ ބޮންޑާގެ ހެކިބަސް ނަގާފަ އެވެ. 

ބޮންޑާ ވިދާޅުވީ އޭނާ އަކީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި، އޭރު އެރަށް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ބޭރުގެ ކްލަސިކް ސިޓީ ދުބާއީ ކުންފުނީގެ މަންދޫބެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތެއް ކަމަށެވެ. 

މިއަދުގެ އަޑުއެހުމުގައި ބޮންޑޭ ވިދާޅުވީ ފުއްގިރީގެ ކޮންސެޕްޓް ޑިޒައިނިންގ އާއި އީއައިއޭއާ ގުޅޭ ކަންކަމުގައި ބޭރުގެ ކްލަސިކް ސިޓީ ދުބާއީ ކުންފުނީގެ މަންދޫބެއްގެ ގޮތުން އޭނާގެ ކުންފުނިން ފައިސާ ދައްކާފައިވާނެ ކަމަށާއި، އެ ފައިސާއަކީ ބޭރުގެ ކުންފުނިން ފޮނުވި ފައިސާކަމަށެވެ.

އެގޮތުން އެ މުއާމަލާތާއި ގުޅިގެން 150،000 ޑޮލަރު އިނިޝަލް ޕޭމަންޓެއްގެ ގޮތުން ބޭރުގެ ކުންފުނިން ދެއްކި ފައިސާކަމަށް ބޮންޑޭ ވިދާޅުވި އެވެ. 

އެ މުއާމަލާތް ހިނގިތާ 6 ވަރަކަށް ދުވަސް ފަހުން އޭނާ ބޭންކު ސްޓޭޓުމަންޓެއް ނަގައިގެން ބެލިބެލިމުން ކުންފުނިން އެމްއެމްޕީއާރުސީއަށް ދެއްކި ފައިސާ ޖަމާވެފައިވަނީ އެސްއޯއެފް ކިޔާ ކުންފުންޏަކަށްކަމަށާއި، އެ ކުންފުންޏާއި ގުޅޭ މައުލޫމާތު ހޯދި ހޯދުމުން އެއީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ އޭރާގެ އަރިހުގައި އުޅޭ ބައެއްގެ ކުންފުންޏެއްކަން އެގުނުކަމަށް ބޮންޑާ ވިދާޅުވި އެވެ. 

ފުއްގިރި ކުއްޔަށް ދޫކުރުމުގެ އަގު 1.2 އާ 1.5 މިލިއަން ޑޮަލަރުގެ ދެމެދު ގެ އަގެއް ހުށަހަޅާފައި އޮއްވާ 4 ލައްކަ ޑޮލަރަށް އަގު ތިރިވެގެން ދިއުމުންވެސް ޝައްކު ކުރެވުނު ކަމަށާއި، ދައުލަތުގެ މުއައްސަސާއަކަށް ޖަމާކުރަން ދިން ފައިސާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރުމުން އެ އޮތީ ގޯސް ހަދާފައިކަން ކަށަވަރުކުރެވުނު ކަމާއި، އެއީ ޚިންގާފައިވާ ޚިޔާނާތަކަށް ވާތީ އެ މައްސަލަ އޭސީސީއަށް ހުށައަޅާފައިވާނެކަމަށް ބޮންޑާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ފުއްގިރި ޚިޔާނާތް ހިންގާފައިވަނީ ޓުއަރިޒަމް މިނިސްޓްރީ ތެރެއިން ކަމަށެވެ. އޭސީސީއަށް އެ މައްސަލަ ހުށައެޅި ހިސާބުން އެ މައްސަލަ ބަލަން ފެށުމުން، އޭރު ސަރުކާރުގެ ވެރިންނަށް އެ ޚިޔާނާތް ހިންގާފައިވާކަން އެނގިނުލައްވާކަމަށް ހާމަވެގެންދާކަމަށް ބޮންޑާ ވިދާޅުވި އެވެ. 

ބޮންޑާ އިތުރަށް ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅޭ އެއްވެސް ކަމެއްގައި އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ބައްދަލުކުރައްވާފައި ނުވާނެކަމަށެވެ.

އެ މައްސަލައިގައި ހެކިބަސް ދެއްވަމުން ފުއްގިރި ކުއްޔަށް ދިނުމަށް ރައީސް ޔާމީން ވިދާޅުވެގެން ދުބާއީގެ ކުންފުންޏެއް ހިންގުމުގައި އުޅޭ އިންޑިއާގެ ބަޔަކާއި ބައްދަލުކުރެއްވިއިރު އެ ބައްދަލުވުމުގައި ބޮންޑާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވެ އަދީބު ކޯޓަށް ދިނީ ކަނޑައެޅިގެން ދޮގުހެކި ބަހެއްކަމަށް ކަމަށް ބޮންޑާ ވަނީ ވިދާޅުވެފަ އެވެ. 

މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައަޅުއްވާފައިވާ ތިމާވެށީގެ ދާއިރާގެ ކޮންސަލްޓެންސީ މަސައްކަތް ކުރާ ކުންފުންޏެއްގައި މަސައްކަތް ކުރައްވާ އަހުމަދު ޝާއިރުގެ ހެކިބަސް ވެސް ނަގާފަ އެވެ. 

އޭގެ އިތުރުން ދައުލަތުގެ ފަރާތުން ހުށައަޅާ އިތުރު ފަރާތެއްގެ ހެކިބަސް ނެގުމަށް ވެސް މިއަދު އޮތީ ނިންމާފައެވެ.

އެހެން ނަމަވެސް އެމީހާ ރާއްޖެއިން ބޭރުގައި ހުންނެވުމާއި ގުޅިގެން، އެފަރާތް ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ނަގަން ބޭނުންވާތީ އެ އަޑުއެހުން އެހެން ދުވަހަކަށް ތާވަލުކުރުމަށް ނިންމާ މިއަދުގެ އަޑުއެހުން ވަނީ ކުރުކޮށްލާފަ އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.