ބޮންޑާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
10 Oct 2023 | 11:28
އެމްޑީޕީގެ ލީޑަޝިޕުން ފުރަތަމަ ޖެހޭނީ ތައުބާވާން: އިބްރާޙީމް ރަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަޝިޕުން އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ ތައުބާވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ. 

ބޮންޑާ މިފަދައިން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަމަށް އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވެ ދައްކަވަމުންދާ ވާހަކަތަކަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްދުދެއްވަމުން ނެވެ. 

ބޮންޑާ ވިދާޅުވީ ބޮޑެތި ގޯސްތަކެއް ހެދުމުގެ ސަބަބުން ވެރިކަން ގެއްލިގެން ދިޔައިމާ އެކަމުގެ އިލްތިޒާމު އުފުލުމަށް ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާ ވާހަކަދެއްކުމަކީ ތައުބާވާން ޖެހޭ ކަމެއް ކަމަށެވެ.

ވެރިކަމަކީ މާތް الله ދެއްވާ އެއްޗެއްކަމަށާއި، އެ ވެރިކަން އަތުލައްވަނީ ވެސް އެކަލާންގެކަން މުސްލިމުން ޤަބޫލުކުރާ ކަމަށާއި، އެ ނޫން ގޮތަކަށް އެ ވާހަކަތައް ދެއްކުމަކީ ކުށެއްކަމަށް ބޮންޑާ ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބުން ބަލިވީމާ އެ ބުނީ މާތް ރަސްކަނލާންގެއޭ ވެރިކަން ދެއްވީ، އެހެނަސް ރައީސް ނަޝީދޭ ވެރިކަން ގެންދެވީ، ރައީސް ނަޝީދު ނޫން ގޮތެކޭ. މި ކުފުރުވީ ނޫން ތޯ؟ ފުރަތަމަ ތައުބާވާން ޖެހޭނީ މި މީހުން"

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

ބޮންޑާ ވިދާޅުވީ ގޯހެއް ހެދުނީމާ އޭގެ ޒިންމާ އެހެން ބަޔަކު އުފުލަން ޖެއްސުމަކީ އެމްޑީޕީން މިފަހުން ކަންކަން ކުރަމުން އަންނަ ގޮތް ކަމަށެވެ.

ކުނިމެނޭޖުކުރުމުގެ ޤާނޫނަށް އެ ގެނައި އިސްލާހުގެ ސަބަބުން އެތައް ރައްޔިތުންނަކަށް ތަކުލީފު އުފުލަން ޖެހިފައިވާއިރު، އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ބަދަލުގައި އެހެން ބައެއްގެ ބޮލަށް ކަންކަން ޖެހުމުގެ އުސޫލު އެމްޑީޕީން ގެންގުޅޭތީ ހިތާމަކުރައްވާކަމަށް ބޮންޑާ ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެމްޑީޕީއަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ. ހުރިހާ ލެވެލްއެއްގައި ވެސް އެ ބަދަލުތައް އައިސްގެން ނޫނީ އެމްޑީޕީއަށް ކުރިއެރުމެއް ނެތްކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.