އިބްރާހީމް ރަޝީދު
ހަބަރު
22 Aug 2023 | 10:42
މަޖިލީސް ހިސޯރުކޮށްގެން މިތިބީ ރާއްޖޭގެ ސަރަހައްދެއް ވިއްކާލީމާ: އިބްރާޙީމް ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ހުއްޓުމަކަށް ގެނެސް، މަޖިލީސް ހިސޯރުކުރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ރާއްޖޭގެ ސަރަހައްދުން ބައެއް ވިއްކާލުމުން ކަމަށާ، އެކަން ކުރީ އެމްޑީޕީ މެންބަރުން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ. 

މިއަދު ކުރިއަށް ދިޔަ، ރައްޔިތުންގެ މަޖިލީހުން ތިން ވަނަ ދައުރުގެ ދެވަނަ ޖަލްސާގައިވެސް އޮތީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ. 

އެ މައްސަލާގައި ބަހުސް ކުރައްވަން ފަށްޓަވަމުން ބޮންޑެ ވަނީ މަޖިލީސް ހުއްޓުވުމަކަށް ގެނައީ ފޯޅަވަހީގެ މައްސަލާގައި މި ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިފައިވާތީ ކަމަށެވެ. 

ކޮމިޓީތައް ހުއްޓުވައިގެން، ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްގެން މި ތިބި ސަބަބަކީ، ދިވެހިރާއްޖޭގެ އަތޮޅު ތަކެއް، ދިވެހިރާއްޖޭގެ ސަރަހައްދެއް، ރައްޔިތުންނަށް ސިއްރުން މި ސަރުކާރުން ވަނީ ވިއްކާލާފައި. ބާކީ އޮތީ 14 ދުވަސް. އެހެންވީމާ މި ވެރިކަމުގައި، ރައްޔިތުންނަށް ހިޔާނާތްތެރިވެ، ރައްޔިތުންގެ މަޖިލީހަށް ސިއްރުން، ރައްޔިތުންނަށް ސިއްރުން ވިއްކާލާފައި، މަޖިލީހުގައި މަރުތަޅު އަޅުވާފައި މިވަނީ. ދައުލަތުގެ ބަންޑާރަ ނާއިބު އަޅުގަނޑުމެން ހާޒިރު ކުރިން. އެދުވަހުން ފެށިގެން މަޖިލިސް މިއޮތީ ހުއްޓިފައި. އަޅުގަނޑުމެން އަނެއްކާވެސް ޕެޓިޝަން ގައި ސޮއި ކުރަން ފަށާނަން. 

އިބްރާހީމް ރަޝީދު

މިއާއެކު ބޮންޑެ ވިދާޅުވީ، މިސަރުކާރުން ދިވެހިރާއްޖެއަށް ޣައްދާރުވެފައިވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިސަރުކާރަށް ވޯޓު ނުދޭނެ ކަމަށާ، މިހާރު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީސްވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިސަރުކާރެއް އަލުން ނާންނާނެ. މި ސަރުކާރަކަށް ނުދޭނެ ރައްޔިތުން ވޯޓެއް. އަދި މި މަޖިލިސް އެއްވެސް ނޯންނާނެ. ރައްޔިތުން ނުޖެހޭ އެއްވެސް ވޯޓެއް ދޭކަށް. ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލާފައި އޮތީ. ފޯޅަވަހި ވިއްކާލާފައި. މިއީ ޣައްދާރު ސަރުކާރެއް. ދީފައި ހުރި ގޯތި ތަކަކީ އަދި ފަޅު ތަކެއް. 

އިބްރާހީމް ރަޝީދު 

ބޮންޑެ މިފަދައިން ވިދާޅުވެފައިވާއިރު، ފޯޅަވަހީގެ މައްސަލާގައި ބަންޑާރަ ނާއިބުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އިދިކޮޅުު މެންބަރުން މަޖިލީހަށް ވައްދައި، އެ މައްސަލަ ކުރިއަށް ނުގެންދެވޭނީސް، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން ވަނީ މަޖިލީހަށް ވައްދާފައެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުالله އުޒުރުވެރިވެ ވަޑައިގެންނެވުމުން އެ މައްސަލަ ވެސް ކުރިއަށް ނުގެންދެވޭގޮތް ވަނީ ވެފައެވެ. 

އެފަހުން އެމްޑީޕީ މެންބަރުންތަކެއް އެ ޕާޓީން ކެނޑި ޑިމޮކްރެޓްސް ގެ ނަމުގައި ޕާޓީއެއް އުފައްދުމާއެކު މަޖިލީހުގެ ނިސްބަތަށް އައި ބަދަލާއެކު ކޮމިޓީތައް އެކުލަވާ ނުލެވި މަޖިލީހުގެ މަސައްކަތް ވެސް ކުރިއަށް ނުދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.