އިބްރާހިމް ރަޝީދު-- ފޮޓޯ: މަޖިލިސް
ހަބަރު
23 Apr 2024 | 14:25
އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދޭންޖެހޭ: އިބްރާހިމް ރަޝީދު

އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދޭންޖެހޭކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ކުރީ ސަރުކާރު ވީފަދައިން މި ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލާ އަދި ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ފުރައްސާރަކޮށް، އެމްޑީޕީގެ އެތައް ބަޔަކަށް ނުވަތަ ރައްޔިތުންނަށް ނަފްސާނީ ބަލި ޖެއްސިފަދައިން ބަލި ނުޖައްސާނެ ކަން އަޅުގަނޑަށް އިނގޭ."

އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ސިއްހީ ހިދުމަތަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ބަހުސް ކުރައްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، މިދިޔަ ސަރުކާރުން ވެންޓިލޭޓަރުތަކުން ވެސް ކޮށްފައިވަނީ ވައްކަން ކަމަށާއި، މި ސަރުކާރަށް ރައްޔިތުން މެޖޯރިޓީ ދިނީ މިފަދަ ސަބަބުތަކަށްޓަކައި ކަމަށެވެ. 

އެމްޑީޕީގެ ލީޑަރޝިޕް ބަދަލުކޮށްގެން ނޫނީ ރާއްޖެ އަށް ސިޔާސީ ކަންކަމާއިގެން ކުރިއަށް ދެވޭނެ މަގެއް ނެތް ކަމަށާއި، އެމްޑީޕީގެ ލީޑަރޝިޕްގައި މިހާރު ތިބި ފަރާތްތައް އިސްތިއުފާދޭން ޖެހޭކަން ފާހަގަކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ، މިއީ ޕާޓީއެއްގެ ނަމުގައި ގޭންގެއް އޮޕަރޭޓްކުރާ ފަދައިން މަސައްކަތް ކުރުމުން ވީގޮތް ކަމަށެވެ.

"މިހާރު އެމްޑީޕީ އިސް ފަރާތްތައް. އެހެންވީމަ އެމްޑީޕީގެ ލީޑާޝިޕް ބަދަލުކޮށްގެން ނޫނީ ރާއްޖެއަކަށް ނެތް ސިޔާސީ ކަންކަމާއިގެން ކުރިއަށް ދެވޭނެ މަގެއް. ފުރަތަމަ ބަދަލުވާންނީ އެމްޑީޕީ ލީޑާ ޝިޕް. މިހާރު އެމްޑީޕީ ލީޑާޝިޕްގައި ތިބި ހުރިހާ ފަރާތްތަކުން އިސްތިއުފާ ދޭންޖެހޭ."

އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އިބްރާހިމް ރަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވި ހިސާބުން ރައްޔިތުން އެކަން ނުކުރެވޭނެ ކަމަށް ނިންމައި އަޒުލް ނުކުރެވޭނެ ގޮތް ހަދާފައިވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.