މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު-- ފޮޓޯ/މަޖިލިސް
ހަބަރު
25 Oct 2023 | 10:04
ރާއްޖޭގައި ރިއަލް އެސްޓޭޓު ގާނޫނެއް އެކުލަވާލަން ޖެހޭ: އިބްރާހީމް ރަޝީދު

ދިވެހިރާއްޖޭގައި ރިއަލް އެސްޓޭޓު ނަމުގައި ގާނޫނެއް އަދި އަދަށްވެސް ނެތް ކަމަށާ އެފަދަ ގާނޫނެއް އެކުލަވާލަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ. 

ބޮންޑެ މިހެން ވިދާޅުވެފައި ވަނީ ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ބޮންޑެ ވިދާޅުވީ ފަތުރުވެރިކަމަކީ ރިއަލް އެސްޓޭޓުގެ ވިޔަފާރިއެއް ކަމަށެވެ. 

"އިމާރާތް ކުރުން. އިމާރާތުގެ ކޮޓަރި އެޅުމާ، އިމާރާތުގެ މަސައްކަތެއް މިކުރަނީ. ކޮންސްޓްރަކްޝަންގެ މަސައްކަތެއް ކުރަނީ ފުރަތަމަ." ބޮންޑެ ވިދާޅުވިއެވެ. 

ބޮންޑެ ވިދާޅުވީ ޓުއަރިޒަމް ރިއަލް އެސްޓޭޓު ގާނޫނެއް ހެދޭއިރު، ރާއްޖޭގައި މިހާތަނަށްވެސް ރިއަލް އެސްޓޭޓު ގާނޫނެއް ނެތް ކަމަށެވެ. އަދި ރިއަލް އެސްޓޭޓު ގާނޫނެއް ނެތި ފަތުރުވެރިކަމަށް ރިސޯޓްތައް ފަދަ ތަންތަން ތަރައްގީ ކުރުމަށް އިންވެސްޓަރުންނަށް ހުޅުވާލުމުން އެ މަސައްކަތް ދަނީ ހަގީގަތުގައި ދާންޖެހޭ މަގުން ނޫން ކަމަށެވެ. 

"މިކަމަށް (ފަތުރުވެރިކަމަށް) އިންވެސްޓް ކުރާނެ ވަރަށް ގިނަ ފަރާތްތައް އެބަ ތިބި. އެކަމު މިމަރުހަލާގައި ވާގޮތަކީ ކޮންމެ ސަރުކާރެއް އޮތަސް، އެ ސަރުކާރެއްގައި ތިބޭ ބަޔަކު، މި އިންވެސްޓަރުންގެ އަތުން ފައިސާ ނެގުމާ، އެފަދަ ކަންކަން އެބަ ހިންގާ. އެހެންވީމާ މިކަން ނުދާނެ ގޮތަކަށް ރިއަލް އެސްޓޭޓު ގާނޫނެއް ފުރަތަމަ އެކުލަވާލަން އެބަޖެހޭ."

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު

ބޮންޑެ ވިދާޅުވީ، ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް، ރިއަލް އެސްޓޭޓު ގާނޫނާ ގުޅޭ ބިލެއް ފަރުމާ ކޮށްގެން ގެންގުޅުނު ކަމަށެވެ. އެހެން ނަމަވެސް އެ ބިލު ވަކި ހިސާބަކުން "ގެއްލުނު" ކަމަށާ އެފަދަ ގާނޫނެއް އަދި އަދަށްވެސް ވުޖޫދުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިއަލް އެސްޓޭޓު ގާނޫނެއް ނެތި، ޓޫރިޒަމް އާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގެނެސްފިނަމަ ކަންކަން ބޮއްސުންލައިގެން ދާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ. 

ސަރުކާރުގެ ފަރާތުން އީސަ ހުށަހެޅި އިސްލާހުގައި ވަނީ ޗާޓަރު އުސޫލުން އެނދު ކުއްޔަށް ދޭއިރު ނަގައި ޖީއެސްޓީ ނިމުމަކަށް ގެނެސް، އޭގެ ބަދަލުގައި ފަތުރުވެރިކަމުގެ ރިއަލްއެސްޓޭޓު ޓެކުހެއް ތައާރަފުކުރާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.