މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
ހަބަރު
13 Jul 2023 | 13:49
އެމްއެމްޕީއާރްސީ ހިޔާނާތް ހިނގިއިރު ހުރީ ދައުލަތުގެ ނުފޫޒެއް ފޯރާ ހިސާބެއްގައެއް ނޫން: އިބްރާހިމް ރަޝީދު

އެމްއެމްޕީއާރްސީ ހިޔާނާތް ހިނގިއިރު ހުންނެވީ ދައުލަތުގެ ނުފޫޒެއް ފޯރާ ހިސާބެއްގައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

އިބްރާހިމް ރަޝީދު މިހެން ވިދާޅުވެފައިވަނީ ފުއްގިރި މައްސަލައިގައި ހެކިބަސް ނެގުމުގެ މަރުހަލާގައި މިއަދު ދެއްކެވި ވާހަކައިގައެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވަ ޚިޔާނާތުގެ ދައުވާގެ ހެކިބަސްނެގުމުގެ މަރުޙަލާގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަން އެނގުނީ އެމްއެމްޕީއާރުސީއަށް ދެއްކި ފައިސާ އެސްއޯއެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކޮށްފައިވާ ބޭންކު ސްޓޭޓްމަންޓެއް ފެނުމުން ކަމުގައެވެ.

އަދި އެމްއެމްޕީއާރްސީ ހިޔާނާތް ހިނގިއިރު އޭނާއަކީ އަމިއްލައަށް މަސައްކަތް ކުރާ ފަރާތެއް ކަމަށާއި، އޭނާ ހުރީ ދައުލަތުގެ ނުފޫޒެއް ފޯރާ ހިސާބެއްގައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޭރު އޭނާ އައިބީއާރް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއް ރަޖިސްޓްރީ ކޮށްގެން ޓޫރިޒަމާ ގުޅުންހުރި މަސައްކަތްތަކެއް ކުރަމުން ދިޔަކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ފުއްގިރީގެ ކޮންސެޕްޓް ޑިޒައިނިންގ އާއި އީއައިއޭއާ ގުޅޭ ކަންކަމުގައި ބޭރުގެ ކްލަސިކް ސިޓީ ދުބާއީ ކުންފުނީގެ މަންދޫބެއްގެ ގޮތުން އޭނާގެ ކުންފުނިން ފައިސާ ދައްކާފައިވާނެ ކަމަށާއި، އެ ފައިސާއަކީ ބޭރުގެ ކުންފުނިން ފޮނުވި ފައިސާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އެގޮތުން އެ މުއާމަލާތާއި ގުޅިގެން 150،000 ޑޮލަރު އިނިޝަލް ޕޭމަންޓެއްގެ ގޮތުން ބޭރުގެ ކުންފުނިން ދެއްކިކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީއަށް އެ ފައިސާ ޖަމާކުރުމަށް އަލީ ސަލީމް ނަމަކަށް ކިޔާ މީހެއް އަތަށް ޗެކެއް ދީފައިވާނެކަމަށް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އަލީ ސަލީމަކީ ކްރިކް ރިޒާއާއެކު އުޅޭމީހެއްގެ ގޮތުގައި ފެނިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާގެ ލިޔެކިޔުންތައް ބޭންކުން ހޯދަން ދިޔުމުން، އެ ފައިސާ ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބަދަލުގައި އެސްއޯއެފްގެ އެކައުންޓަކަށް ކަން އެނގުނު ކަމަށާއި، އެހެންކަމުން އޭގައި މައްސަލަތަކެއް އުޅޭ ކަމަށް ޝައްކު ކުރެވުމުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅުއްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ އެ ބޭންކް ސްޓޭޓްމަންޓްގެ މައުލޫމާތުތައް ހާމަކުރި ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް ޖަލަށް ލާން ހުކުމް ކުރި ކަން ފާހަގަ ކުރައްވައި މާފަންނު މެދު ދާއިރަގެ މެމްބަރު އިތުރަށް ވިދާޅުވީ އޭނާ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ތަހުގީގު ކުރަން ވެސް ފެށި ކަމަށެވެ. އެހެންވެ އޭރު އަދީބާއި، ސަރުކާރުގެ އެހެން އިސް ބޭފުޅުންނާ މެދު ހިޔާލު ތަފާތުވުންތަކެއް އުޅުނު ކަމަށް އޭނާއަށް ބެލެވުނު ކަމަށެވެ..

ބޮންޑާ އިތުރަށް ވިދާޅުވީ، އަގެއް ކަނޑައެޅުމަށްފަހު، ކުއްލިއަކަށް ރަށުގެ އަގު ކުޑަވުމުން ބޭރުގެ ކުންފުނިންވެސް އެ ސުވާލު އުފެއްދި ކަމަށާއި، ކުންފުނިންވެސް އޮތީ ރަށުގެ އަސްލު އަގުގައި ރަށް ގަންނަ ގޮތަށް ކަމަށެވެ. ރަށުގެ އަގު ކުޑަވުމުން އެކަމުގައި ގޯސްތަކެއް ހުރިކަމަށް ޝައްކު ކުރެވޭކަން އޭރު ބޭރުގެ ކުންފުނީގެ ސަމާލުކަމަށްވެސް ގެނެވިފައިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވަ ފުއްގިރި މައްސަލައިގެ ޚިޔާނާތުގެ އަޑުއެހުންތައް ފުލުފުލުގައި ކުރިއަށްގެންދާއިރު އެމަނިކުފާނުގެ މައްޗަށް 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ވ.އާރަށު މައްސަލާގައި އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައްވަނީ މަޑުޖެހިފައެވެ. އެއީ ހައިކޯޓުގެ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމަށް ނިންމެވުމާ ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.