މެމްބަރު އިބްރާހިމް ރަޝީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
16 Oct 2023 | 13:39
މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަ ދައްކަނީ އެ ހައްގުތައް ނުދީތިބެ: އިބްރާހިމް ރަޝީދު

މި ސަރުކާރުން މަސައްކަތްތެރިންގެ ހައްޤުތަކުގެ ވާހަކަ ދައްކަނީ، އެމީހުންގެ ހައްގުތައް ނުދީ ހިފަހައްޓައިގެން ތިބެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުންނެވެ. 

އޭނާގެ ވާހަކައިގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އިއުލާނުކުރި މަސައްކަތްތައް ނުނިމި، އެ މަޝްރޫއުތަކުގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔަ ސަބަބަށް ކުރު ގޮތަކަށް އަލިއަޅުވާލާފަ އެވެ. 

އެގޮތުން ބޮންޑެ ވިދާޅުވީ އަސްލު މައްސަލައަކީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ސަރުކާރުން މަޝްރޫއުތައް އިއުލާނުކުރީ، ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދަށްވުރެ ބޮޑަށް މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކަމަށް ވުން ކަމަށެވެ. މި ސަރުކާރުގެ ފަސް އަހަރުގައި އިއުލާނުކުރި މަޝްރޫއުތައް މުޅިންހެން ދީފައިވަނީ ވަކި ބަޔަކަށް ކަމަށާއި، އެމީހުންނަށް އެޑްވާންސްގެ ގޮތުގައި ލާރިވެސް ދީފައިވާ ކަމަށެވެ. 

އެހެން ނަމަވެސް މަސައްކަތްތައް ނުނިމި ދިގުލައިގެންދާން ފެށުމުން ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން، އެމީހުން އަތުން މަޝްރޫއުތައް އަތުލާ އެހެން ޕާޓީއަކާއި އަލުން ހަމަ އެ މަސައްކަތް ހަވާލުކުރަމުން ގޮސްފައިވާކަމަށް ބޮންޑެ ވިދާޅުވިއެވެ.

އެގޮތަށް މަޝްރޫއުތައް ހިންގާއިރު، ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ވަކިބަޔަކަށް ނަގާދީފައިވާ ކަމަށާއި، އެ ފައިސާ ބޭނުންކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ދައުރު ރައީސް ޞާލިހަށް ކާމިޔާބުކޮށްދިނުމަށް ކަމަށް ބޮންޑެ ވިދާޅުވި އެވެ. 

އޭގެ އިތުރުން ބޮންޑެ ވިދާޅުވީ ކުދި ވިޔަފާރިވެރިން، ނުވަތަ މަސައްކަތްތެރިން ލައްވާ ކުންފުނިތަކުން އެތައް މަސައްކަތެއް ކުރުވުމަށްފަހު ލާރި ނުދީ ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. 

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ނަމުގައި ސަރުކާރުން ބިލު ހުށައަޅާ، މަޖިލީހުގައި އެ ބަހުސް ކުރެވެމުންދާއިރު، ސަރުކާރުން ތިބީ މަސައްކަތްތެރިންނަށް ލިބެންޖެހޭ ލާރި ނުދީ އެމީހުންގެ ހައްގުތައް ހިފަހައްޓައިގެން ކަމަށާއި، އެހެންކަމުން ދައްކާ ވާހަކައާއި އަމަލާއި ދިމާނުވާ މިންވަރު މިކަމުން ހާމަވެގެންދާކަމަށް ބޮންޑެ ވިދާޅުވި އެވެ. 

"އެއްކޮޅުން ހައްގުތަކުގެ ވާހަކަ ދައްކާފައި އަނެއްކޮޅުން ހައްގުތައް ނުދީ މި މަސައްކަތް ކުރަނީ"

މާފަންނު މެދު ދާއިރާގެ މެމްބަރު ބޮންޑެ

ބޮންޑޭ ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި އޮތް މަސައްކަތްތެރިކަމުގެ ސިނާއަތްތަކުގެ ކުރިމަގާއި ދޭތެރޭގައި އެއްވެސް ވަރަކަށް ވިސްނާފައި ނުވާކަމަށެވެ.

މަސްވެރިކަމަށް ބެލި ނަމަވެސް އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންކަމަށް ބަލާލި ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތްތައް ފުޅާކުރެވޭނެ ގޮތްތަކަށް ސަރުކާރުން މަސައްކަތްކޮށްފައި ނުވާކަން ފެންނަން އޮތްކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.