މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ/މަޖިލިސް
ހަބަރު
28 Nov 2023 | 12:29
އިސްލާމިކް މިނިސްޓަރަށް މިދިޔަ އަހަރު ފޮނުއްވި ސުވާލު ތަކުގެ ޖަވާބު އިއްވުނީ މިއަދުގެ ޖަލްސާގައި!

ލިޔުމުން ޖަވާބު ހޯދުމަށް އެދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރަށް މިދިޔަ އަހަރު ފޮނުއްވި ސުވާލުތަކުގެ ޖަވާބުތައް މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވުމުން ސުވާލު ހުށަހެޅުއްވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ނުރުހުން ފާޅުކުރައްވައިފިއެވެ. 

ބޮންޑޭ ވަނީ، ލިޔުމުން ޖަވާބު ފޮނުއްވުމަށް އެދި ޑރ. ޒާހިރަށް ޖުމުލަ 10 ސުވާލު ހުށަހަޅުއްވާފައެވެ.

އެ ސުވާލު ތަކުގެ ޖަވާބު މިއަދުގެ ޖަލްސާގައި އިއްވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ ސުވާލު ތަކަކީ ކުރީ ސަރުކާރުގެ ވަޒީރުންނާއި ކުރެވުނު ސުވާލުތަކެއް ކަމަށާށ އެ ސުވާލު ތަކުގެ ޖަވާބުވެސް ކުރީގެ ވަޒީރުން މަޖިލީހަށް ފޮނުއްވާފައި ހުރިކަން ފާހަގަކުރައްވާފައެވެ. 

އެ ސުވާލުތައް މަޖިލީހުގެ ތަޅުމުގައި އިއްވަވަމުން ބޮންޑޭވަނީ އެ ސުވާލުތައް ފޮނުއްވުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. 

ބޮންޑޭގެ ދިހަ ސުވާލުގެ ޖަވާބު އިއްވަވައި ނިމުމުން އަސްލަމް ވަނީ، އެމަނިކުފާނު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވި އިރު، ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދި 50 ސުވާލު ފޮނުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި ލިޔުމުން ހުށަހަޅާ ސުވާލުތަކުގެ ޖަވާބު ވީހާވެސް އަވަހަށް، މަޖިލީހުގެ ގަވާއިދު ބުނާ މުއްދަތުގެ ތެރޭގައި އެ ޖަވާބުތައް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން މީގެ އެއް އަހަރު ކުރިން މެންބަރުން ފޮނުއްވި ސުވާލުތަކުގެ ޖަވާބު މަޖިލީހަށް ލިބި، އެހެންނަމަވެސް މަޖިލީހުގައި ޖަވާބުތައް އިއްވިފައި ނުވާކަން. ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިޔާ މެންބަރުން ކުރައްވާ ސުވާލު ތަކުގެ ޖަވާބު، މަޖިލީހުގެ ގަވާއިދު ބަޔާންކުރާ މުއްދަތުގެ ތެރޭގައި މަޖިލީހުގެ އިތުރު ޖަލްސާ ބާއްވައިގެން ކަމަށް ވިޔަސް އެ ސުވާލުތަކުގެ ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ވާހަކަ ދަންނަވަން."

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް 

ބޮންޑެ ކުރީގެ އިސްލާމިކް މިނިސްޓަރާއި ކުރެއްވި ސުވާލުތަކުގެ ތެރޭގައި، ޒަކާތު ފަންޑާއި، ހައްޖު ކޯޕަރޭޝަނުން ކުރި ހައްޖު ދަތުރާއި ކޮވިޑްގެ ތެރޭގައި ހިންގާފައި ހުރި ހަރަދުތަކާ ގުޅޭ ގޮތުން ކުރައްވާފައިވާ ސުވާލުތައް ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.