މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު-- ފޮޓޯ/މަޖިލިސް
ހަބަރު
13 Dec 2023 | 13:49
މެޑަމް ސާޖި އަކީ މަސައްކަތްތެރި ކަނބަލެއް؛ އެމްޑީޕީ މެންބަރުން އުޅެނީ އެކަމަނާއާ ފޮށެން : އިބްރާޙީމް ރަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަކީ މަސައްކަތްތެތި ކަނބަލެއް ކަމަށާ، އެކަމަނާއާއި މެދު ޒާތީ ވެވަޑައިގަންނަވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ. 

ސިވިލް ސާވިސްގެ ވަޒީފާގައި މެޑަމް ސާޖިދާ ހުންނަވަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ، އެކަމަނާއާއި ސިވިލްސާވިސް ކޮމިޝަނުން ހަދާފައިވާ ކޮންޓްރެކްޓް ބާތިލް ކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ ސިވިލް ސަރވިސްގެ ގަވާއީދާއި ޚިލާފަށް ކަމެއް ކޮށްފައިވާނަމަ އެ މައްސަލަ މަޖިލީހަށް ވަރަށް ފަސޭހައިން ނިންމޭނެ ގޮތްތައް އޮތް ކަމަށެވެ.

އެހެންނަމަވެސް، މެޑަމް ސާޖިދާގެ މައްސަލައިގައި އެމްޑީޕީ މެންބަރުން ކަން ކުރައްވާ ގޮތުން އެކަން ސިފަވަނީ ސިޔާސީކަމެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވި އެވެ. 

ބޮންޑެ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު، އެމްޑީޕީން ކުރި މަސައްކަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފުރައްސާރަކުރުމާއި، ދިމާކުރުންކަމަށެވެ. އަދި މިހާރު އެމަނިކުފާނު ނެތުމުން އެމްޑީޕީއިން އުޅެނީ މެޑަމް ސާޖިދާ އާ "އަޅައިގަނެގެން" ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮންމެސް އަންހެނަކާއި އަޅައިގަނެގެން އަނެއްކާވެސް މިއުޅެނީ، ފަސްޓް ލޭޑީއާއި އަޅައިގަނެގެން. އަޅުގަނޑުމެން އެބަހުރި މި ގައުމުގައި ވަރަށް މުހިންމު މައްސަލަތައް، މި ގައުމުގައި ހުރި މައްސަލަތައް ހައްލުނުކޮށް، އެކަމާއި ވާހަކަ ނުދައްކާ، މިއަދު ނޮޅިވަރަމް ދާއިރާގެ މެންބަރުވެސް އެ ފާހަގަކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި، ދައުލަތުގެ، ރައްޔިތުންގެ މައްޗަށް ދައުވާ ކުރަން ހުރި މީހާކޮށްގެން އުޅޭކަމުގެ ވާހަކަ. މިފަދަ ކަންކަން ނުބަލާ، އަންހެނަކާ ފޮށެން، ހެނދުނު ދަޅާގައި، ހަމަ އިރުއިރު ތަނާ މިތަނަށް ލުމަކީ ހަގީގަތުގައި ވަރަށް ހަޑި ހުތުރު ކަމެއް. 

އިބްރާހީމް ރަޝީދު (ބޮންޑެ)

މިއާއެކު ބޮންޑެ ވިދާޅުވީ ސާޖިދާއަކީ މީގެ ކުރިންވެސް އެމްއެފްޑީއޭ ގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ. އަދި، އެމްޑީޕީން އެކަމަނާގެ ކޮންޓްރެކްޓް ބާތިލް ކުރަން އުޅެނީ އެކަމަނާއާއި ޒާތީ ގޮތުން ޖައްސާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީގެ މަގާމުގައި އެހުންނެވި ސާޖިދާ، ފުޑް އެންޑް ޑްރަގް އާއި ގުޅޭ ބިލެއް މިތަނަށް ފޮނުއްްވައިގެން ވަރަށް މަސައްކަތް ކުރެއްވި. އަޅުގަނޑުމެން ދެނަހުރިން. ވަރަށް މަސައްކަތް ކުރައްވާ. މިހާރުވެސް މާލޭގައި ހަމައެއް ލަމައެއް ނެތި ކާބޯތަކެތި ވިއްކާ މައްސަލާގައި، ކާބޯތަކެއްޗަށް ރައްކާތެރިކަމެއް ހޯދުމަށްޓަކައި ބިލެއް ފޮނުވައިގެން ލޮބީ ކޮށްގެން މިހާރު ތިން އަހަރު ވެއްޖެ އެ މަސައްކަތް ވެސް ކުރައްވާތާ. އެހެންވީމާ ވަރަށް މަސައްކަތް ކުރައްވަމުންދާ ބޭފުޅެއް. 

އިބްރާހީމް ރަޝީދު (ބޮންޑެ)

މީގެ އިތުރުން ބޮންޑެ ވިދާޅުވީ މިހާރު އެމްޑީޕީ ވެފައިވަނީ ފަސާދަ ޕާޓީއަކަށް ކަމަށާ، އެފަދައިން އެޕާޓީން ކަންކަން ކޮށްގެން ކުރިއަށް އޮތް މަޖިލީހުގެ އިންތިޙާބުގައިވެސް އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.