ޓޫރިޒަމް މިނިސްޓަރ ފައިސަލް އާއި ބައްޕާފުޅު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުالله: ފޮޓޯ/ މީސްމީޑިއާ
ހަބަރު
23 May 2024 | 09:20
ފައިސަލް ކިޔައިދެއްވީ ނޯކިރީކުރެއްވުމުން ފެށިގެން، މަޖިލިސް ރައީސްގެ މަގާމާހަމައަށް ބައްޕާފުޅު ކުރެއްވި ދަތުރު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުالله ހަމަޖެއްސެވުމާއިއެކު ބައްޕާފުޅަށް މަރުހަބާ ދަންނަވައި، އެ މަގާމަށް ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު، ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ކިޔައިދެއްވައިފިއެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ޕީއެންސީގެ ޗެއަރޕާސަންގެ މަގާމުވެސް ފުރުއްވަމުންދާ އަބްދުއްރަހީމް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒެވެ. އެނިންމުން ނިންމެވީ އިއްޔެ ޕީއެންސީގެ އިންތިޚާބީ މެންބަރުންނާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިންނެވެ.

އެކަމާއި ގުޅިގެން ފައިސަލް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައިވަނީ، މާތް الله އަށް ޙަމްދާއި ޝުކުރު ކުރައްވައި، ބައްޕާފުޅު، ޢަބްދުއްރަހީމް ޢަބްދުއްالله 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ކަނޑައަޅައިދިނުމަށް ޕީއެންސީ ގެ އިންތިޚާބީ މަޖިލީސް މެމްބަރުންގެ އަރިހުގައި ޕާޓީގެ ރައީސް، ރައީސް ޑރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެން އެ ބޭފުޅުން އެކަމަށް އިއްތިފާޤުވެ ނިންމެވުމުން މަރުހަބާ ދަންނަވާފައެވެ.

އަދި އެކަމަށްޓަކައި ރައީސް ޑރ މުޢިއްޒަށް ޝުކުރު ދަންނަވައި ހެޔޮދުޢާ ކުރައްވާފައެވެ. 

“އަހުރެންގެ ބައްޕައަކީ ހަމަ އާދަޔާއި ޚިލާފު އިންސާނެކެވެ. ނުހަނު ނިކަމެތިހާލު، ކިޔަވުމުގެ ބޭނުމުގައި މާލެފައިބާ ގެއެއްގެ ނޯކިރީކޮށް، އެތަކެއް ތަކުލީފުތައް ތަހައްމަލު ކޮށް، ނޫކަށި ޒުވާން ޢުމުރުގައި ވަޒީފާއަށް ނިކުމެ، ދުނިޔެ އާރާސްތުކުރުމަށް ނުހަނު ޒުވާން ޢުމުރު ޒަވާޖީ ހަޔާތެއް ފަށާ، ޢާއިލާއެއް ބިނާކޮށް، އުފަންވި އަތޮޅާއި ރަށަށް ޚިދުމަތްކޮށް، ކުޑަމިނުން ރަށްކުރިއަރުވާ ކޮމެޓީ އަށް ކުރިމަތިލައި ނުހޮވުމުންވެސް ހިތްވަރު އެލުވާނުލާ، ފަހަތަށް ފިޔަވަޅެއް ނާޅާ، ނުހަނު ވަރުގަދަ ޢަޒުމާ ގަދަ ހިތްވަރާއި އެކު ކުރިއަށް ދިޔަ އިންސާނެކެވެ.” އަބްދުއްރަހީމްގެ ދަތުރުފުޅު ފެށި ކުރިއަށް ދިޔަގޮތް ކިޔައިދެއްވަމުން ފައިސަލް ލިޔުއްވާފައިވެއެވެ. 

މިއާއެކު ފައިސަލް ވިދާޅުވީ، ބައްޕާފުޅު އަބްދުއްރަހީމް، ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގައި، “ވެރީންނަށް ކިޔަމަންތެރިކަމާއެކު ލައްބައޭ ބުނެ 24 ގަޑިއިރު މަސައްކަތުގައި” އުޅުއްވަނިކޮށް، ވެރިންގެ އަމުރަށް “އެންމެ ފަހަރަކު ނޫނެކޭ ބުނުމުން ސިޔާސީ ރޭވުމުން ވައްކަން ބޮލުގައި އަޅުވާ”  އަރުވާލި ކަމަށެވެ.

ކުދި ދަރިންކޮޅެއް މަޔަކާއި އެކު ނިކަމެތިވެ ބިކަވެދިޔަ ދުވަސްތަކުންވެސް ބައްޕަ ހާޞިލް ކުރީ ޢިބްރަތެވެ. ގުޑުވާނުލެވުނީ އެ ވަރުގަދަ ހިތްވަރާއި ސާބިތުކަމެވެ.

ފައިސަލް

މިއާއެކު ފައިސަލް ވިދާޅުވީ، ޤައުމަށް އައި ސިޔާސީ ބަދަލުގެ އޮއިވަރާއެކު، ނެގި ގިނަ ރާޅުތަކުގެ ތެރެއިން ރައްޔިތުންގެ ހައްޤުތަކާއި ޤައުމުގެ ހެވަށްޓަކައި  އަބްދުއްރަހީމް ނުކުންނެވި ކަމަށާ، ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރުވެވަޑައިގެން، 2009 ވަނަ އަހަރު އިންތިޚާބު ކުރި 17 ވަނަ ރައްޔިތުންގެ މަޖިލީހުން ބައްޕާފުޅު ޖާގަ ހޯއްދެވީ “ސިޔާސީ ވިޔަ ކުރުން ހަމަ ރަނގަޅަށް” ދަންނާތީ ކަމަށެވެ.

ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބައިގެ މީހުންނާއި، އެއް އޮޅީގައި އުޅޭ ހިތް ނުބައި މީހުންޖެހި ހަޖުލާއި، ކުރި އަދި ކުރާމަލާމާތާއި ފުރައްސާރައަކީ އިންސާނެއްގެ ހައިސިއްޔަތުން ބައްޕައަށްވެސް އަސަރުކުރާނޭކަން ކަން ޔަޤީނެވެ. އަދި ޢާއިލާއެއްގެ ހައިސިއްޔަތުން އަހުރެންވެސް ހިމެނޭހެން ހުރިހާބެއިން ހިތްދަތިވި ކިތަންމެ ކިތަންމެ ފުރައްސާރައެއް ރާއްޖޭގެ ސިޔާސީ އުޑުގެ ދަށުގައި ވެޔަތުވެ ހިގައްޖެއެވެ.

ފައިސަލް

މީއާއެކު، ޑީއާރުޕީ، ޕީއޭ، ޕީޕއެމް ގެ ވެރީންނާއި، އެޒަމާން ތާރީޚުގައި ލިޔެވިފައިވާކަން ފާހަގަކުރައްވައި ފައިސަލް އިތުރަށް ވިދާޅުވީ، ޕީއެންސީގެ ރައީސްގެ މަގާމުގައި ހުންނަވައި، 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު، އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކާމިޔާބު ކުރުމަށް މިއަދުގެ ރައީސް ޑރ މުޢިއްޒު ރިޔާސީ ރޭހަށް ނެރުއްވާ، އިންތިޚާބު ބޮއިކެޓު ކުރުމަށް ރޭވި “ކެހިވެރި ރޭވުމުން” ޕާޓީއާއި މި ޤައުމު ސަލާމަތް ކުރުމުގެ ހިތްވަރުގަދަ ފިޔަވަޅު އެޅުއްވީ އޭނާގެ ބައްޕަ ކަމަށެވެ.

އަދި އެއީ މަދުން ނޫނީ އިންސާނަކަށް ނުނެރެވޭނޭ ފަދަ ހިތްވަރުގަދަ ޢަމަލެއް ކަމަށާ މިއަދު މި ޤައުމު ދެކެމުން މިދަނީ އުފާވެރި މަންޒަރެއް ކަމަށްވެސް ފައިސަލް ކަމަށެވެ.

މާޒީގެ އުޖާލާ މަންޒަރުތައް، އަލުން ހާމަވެ މާރީތި އުފާވެރި ކުރެހުންތަކާއި ކުލަތައް މިއަދު މަދަނީ ހާމަވަމުންނެވެ. ވިލު ނޫކުލައިގެ އަމާން ކަމުގެ ސާލެއް މި ޤައުމަށް ފެތުރިފައި މިވަނީ، ވަޢުދަށް ކަމޭ ހިތާ ރައީސަކު ޤައުމުގެ ދިދަ ފެއްސާރަތާ ހުދާ އެކީ ފަޚުރުވެރި ކަމާ އެކު ވިހުރުވަމުން ދާތީއެވެ.

ފައިސަލް

ފައިސަލް ވިދާޅުވީ މިއަދު އޭނާގެ ބައްޕައަކީ 20 ވަނަ މަޖިލީހުގެ ރައީސް ގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރާނޭ އެމަޖިލީހުގެ ރައީސް ކަމަށްވާއިރު އެއީ ބައްޕާފުޅު ތާރީޚުން ހޯއްދެވި ފިސާރި ވަރުގަދަ ޖާގައެއް ކަމަށެވެ. އެކަމަށްޓަކައި، ހެޔޮ އެދޭ އެކުވެރީންނާއާއި، އާއިލާ އާއި، ލ އަތޮޅާއި ޚައްޞަ ކޮށް ލ ފޮނަދޫ ފަޚުރުވެރިވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިޔަކަށް الله އިރާދަފުޅާ އެކު އެންމެ ބޮޑު ޢައްލަބިއްޔަތަކުން ހޮވޭނެ މަޖިލީހުގެ ރައީސް އަކީ ލ.ފޮނަދޫ އަރާއިރު ޢަބްދުއްރަހީމް ޢަބްދުއްالله އެވެ. ސިޔާސީ ހިސާބުޖެހުމުގައި މިއިންޒަމާނަކު ފެނިފައިނުވާ ފަދަ މުހަައްނިކެކެވެ.

ފައިސަލް

ފައިސަލް ވިދާޅުވީ މިއީ ނުހަނު އުފާވެރި ހިނދުކޮޅެއް ކަމަށާ، މިހިނދުކޮޅުގައި ބައްޕާފުޅުގެ ކާމިޔާބީ ލޮލުން ދެކި އަތުން ހިފަން ލިބުމަކީ ދޮށީ ފިރިހެން ދަރިއަކަށް ލިބޭނޭ ކޮންފަދަ ބޮޑު ފަޚުރުވެރިކަމެއް ކަން ބަޔާން ކޮށްދޭނެ ގޮތެއްވެސް އެނގިނުލައްވާ ކަމަށެވެ.

“ބައްޕާއެވެ! އައްސަރިބަހާއި ސާބަހެވެ. ތިޔަ ކުރެއްވި ހިތްވަރާއި ތިޔަވީ ޤުރުބާނީ އަށް އަދި ތިޔަ ހޯއްދެވި ކާމިޔާބީ އަށް ފަށްފަށުން ސެލިއުޓް ކުރަމެވެ. ރައީސް މުޢިއްޒު އަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނުހަނު އަދަބުވެރިކަމާ އެކު ޝުކުރުދަންނަވަމެވެ. ފޮނަދޫ ދާއިރާ ގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ ފުންމިނުން ޝުކުރުދަންނަވަމެވެ.” ފައިސަލްގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ދިވެހި ޒުވާނުން
ސާބަހޭ އަދުރޭ. އަދި އެކުވެރި ފައިސޫ އަށް
23 May 2024
ގުޅޭ ލިޔުންތައް
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.