އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އީސީ
ހަބަރު
21 May 2024 | 13:44
މަޖިލީސް އިންތިހާބުގައި ވާދަކުރި 368 ކެނޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށައެޅީ 91 ކެނޑިޑޭޓުން: އީސީ

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރި 368 ކެނޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 91 ކެނޑިޑޭޓުންކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންނަށް މާލީ ބަޔާން ހުށަހެޅުމަށް އީސީ އިން ދީފައިވާ މުއްދަތު މާދަމާ އަށް ހަމަވާއިރު، މިހާތަނަށް 277 ކެނޑިޑޭޓުން ގެ މާލީ ބަޔާން ހުށަހަޅާފައެއް ނުވެއެވެ.

އީސީ އިން ބުނީ މާލީ ބަޔާން ހުށަހެޅި 91 ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ޕާޓީތަކުން ވާދަކުރެއްވި 56 ކެނޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި 35 ކެނޑިޑޭޓުން ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ވާދަކޮށް ނުހޮވުނު ނަމަވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭއިރު، އީސީން ދީފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައި ނުވާނަމަ ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ހިމަނާފައިވާނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 72،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.