ޢިރާޤުގެ ވެރިރަށް ބަޣްދާދުގައި ޕީއެމްއެފް އިން ޙަރަކާތްތެރިވަނީ - ފޮޓޯ: އަލްޖަޒީރާ
ހަބަރު
20 Apr 2024 | 15:38
ޢިރާޤުގައި ބާރުގަދަ ގޮވުމެއް ގޮވާ ގިނަ ބަޔަކު ޒަޚަމްވެއްޖެ

ޢިރާޤުގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާކަމަށް ޢިރާޤުގެ ރަސްމީ ސަލާމަތީ ބާރެއް ކަމަށްވާ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (އެމްޕީއެފް) އިން ބުނެފިއެވެ.

އެމްޕީއެފް އިން ބުނިގޮތުގައި މި ގޮވުން ގޮވާފައި ވަނީ ޢިރާޤުގެ ވެރިރަށް ބަޣްދާދުގެ ދެކުނުން ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ކަލްސޯ އަސްކަރީ މަރުކަޒުގައި ހުންނަ ކޮމާންޑް ޕޯސްޓެއްގައި ރޭ ދަންވަރެވެ. އެމްޕީއެފް އިން ހާމަ ކުރެއްވި ގޮތުގައި މި ގޮވުމަކީ ވައިގެ ހަމަލާއެއްގެ ނަތީޖާއެވެ.

ނަމަވެސް ޢިރާޤުގެ އަސްކަރިއްޔާއިން މައުލޫމާތުދެއްވި ގޮތުގައި ގޮވުމުގެ ކުރިން ނުވަތަ ގޮވުމުގެ ތެރޭގައިވެސް ބާބިލް ސަރަހައްދުގެ ވައިގެ ސަރަހައްދުން އެއްވެސް ޑްރޯނެއް ނުވަތަ ފަޔަރ ޖެޓް ފެނިފައެއް ނުވެއެވެ.

މި ހަމަލާގައި ޕީއެމްއެފްގެ ހަނގުރާމަވެރިޔަކު މަރުވެ 8 މީހަކު ވަނީ ޒަޚަމްވެފައި ކަމަށް އަސްކަރީ މަރުކަޒު ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ހިއްލާ ސިޓީގެ ހޮސްޕިޓަލަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރެއެވެ.

މި ހަމަލާ ދިނީ ކޮން ޤައުމަކުން ކަމެއް އަދި ސާފު ނުވި ނަމަވެސް ޢިރާޤުގެ ރެސިސްޓެންސް ފޯސަސް އިން މިއީ އިސްރާއީލުން ދިން ހަމަލާއެއް ކަމަށް ބުނެ ރައްދުގައި އިސްރާއީލުގެ އައިލާތު ސިޓީއަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ އެމެރިކާއިން ދިން ހަމަލާއެއްކަމަށް ގިނަ ފަރާތްތަކަކުން ތުޙުމަތުކޮށްފައިވީ ނަމަވެސް އެމެރިކާ އިން ވަނީ މި ތުޙުމަތުތައް ދޮގުކޮށްފައެވެ.

ޙަމަލާއާ ގުޅިގެން ޢިރާޤުގެ ސަރުކާރުން ބުނެފައިވަނީ މި ގޮވުމުގެ ފަހަތުގައި އޮތީ ކޮންބައެއްކަން ނުވަތަ ކޮންކަމެއްކަން ދެނެގަތުމަށް ތަޙްޤީގު ކުރަމުން ދާކަމަށެވެ.

ކޮމެންޓް
ޢީސަ
ގުޑް
28 Apr 2024
ގުޅޭ ލިޔުންތައް
19 Aug 2026
"ހުވަފެނީ ތަސްވީރު" ލަވައިގެ ކިޔުންތެރިޔާ ދިމާކޮށްގެން ހަދިޔާއެއް ހޯދުމުގެ ފުރުސަތު
ލަވައިގެ އަޑުގެ ވެރިޔާއަކީ ކާކުކަން އެނގުމަށް ގިނަ ބަޔަކު ޝައުޤުވެރިވެފައި ތިބި ނަމަވެސް ކްރިއޭޓިވް ނެޓްވޯކުން ބުނާ ގޮތުގައި ލަވަކިޔުންތެރިޔާ އާއި ޕްރޮޖެކްޓާ ބެހޭ އިތުރު މަޢުލޫމާތު ހާމަކުރުމަށް ދެން މާ ގިނަ ދުވަހެއް ނުނަގާނެއެވެ
19 Aug 2026
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން ނުނިންމާ
އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
19 Aug 2026
އިންޑިއާގެ ސޮވެރިން ކްރެޑިޓް ރޭޓިން ޓްރިޕަލް ބީ މައިނަސްގައި ހިފަހައްޓައިފި
ފިޗުން ބުނެފައިވާ ގޮތުގައި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވި ލޮޅުންތަކާއެކުވެސް، އިންޑިއާގެ އިގްތިސާދީ ކުރިއެރުން ވަނީ ވަރުގަދަކޮށް ހިފެހެއްޓިފައެވެ.
19 Aug 2026
ޑޮލަރުގެ އަގުބޮޑުވާ ޚަބަރު ޝާއިޢުކުރާނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހެއް
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ މަތީ އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ޢާންމުކުރުން ކުށަކަށް ހެދުމަށް ބޭރު ފައިސާއާ ބެހޭ ބިލަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
19 Aug 2026
އެމްއެންޔޫގެ ނުވަ ވަނަ ތެވެލި ކޮންފަރެންސް ފަށައި، ޕްރޮފެސަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެމްއެންޔޫގެ ނުވަ ވަނަ ތެވެލި ކޮންފަރެންސް މެޑަމް ސާޖިދާ ހުޅުވައިދެއްވައި، ޔުނިވަރސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕްރޮފެސަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
19 Aug 2026
މަސްތުވެގެން ވަކިކުރި ފުލުހަކަށް ބަދަލު ދިން މިންވަރު ކުޑަކުރުމުން ސުޕްރީމް ކޯޓަށް
ޑިއުޓީގައި ހުއްޓާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެގެން ވަޒީފާއިން ވަކިކުރި ފުލުހަކަށް ބަދަލުގެ ގޮތުގައި ދޭ މިންވަރު ހަ މަހުން އެއް މަހަށް ކުޑަކުރަން ހައިކޯޓުން ނިންމި ނިންމުން އެ ފުލުސް މީހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
19 Aug 2026
ވެނެޒުއެލާގެ ތެލުގެ އުފެއްދުމުގެ ދެބައިކުޅަ އެއްބައި އެމެރިކާގެ ރިފައިނަރީތަކަށް
ވެނެޒުއެލާއިން މިހާރު އެ ޤައުމުގެ ޖުމްލަ ތެޔޮ އުފެއްދުމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދުވާލަކު 500,000 އަށް ވުރެ ގިނަ ފީފާ އެމެރިކާއަށް އެކްސްޕޯޓުކުރަމުންދާ ކަމަށް އެމެރިކާގެ އެނާޖީ ޑިޕާޓްމެންޓުގެ އިސް އޮފިޝަލަކު ބުނެފިއެވެ.
19 Aug 2026
ނިދި ޚަރާބުވަނީ ފޯނުގެ ނޫ އަލިން ހެއްޔެވެ؟
ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހު އަޅުގަނޑުމެންނަށް އިވެމުންދިޔަ އެންމެ އާންމު އެއް ވާހަކައަކީ ސްކްރީންތަކުގެ ނޫ އަލި (ބްލޫ ލައިޓް) ގެ ސަބަބުން އަހަރެމެންގެ ނިދި ޚަރާބުވަމުންދާ ވާހަކައެވެ. ފޯނާއި، ޓީވީ އަދި ޓެބްލެޓް ފަދަ ތަކެތީގެ ސަބަބުން ހަށިގަނޑުގެ ގުދުރަތީ ބޮޑީ-ކްލޮކް އޮޅުންބޮޅުންވެ ނިދުމަށް ހުރަސްއެޅޭ ކަމަށް ދެކެވުނު ވާހަކަތަކަކީ ހަގީގަތެއް ހެއްޔެވެ؟ އެންމެ ފަހުގެ ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި އަސްލު މައްސަލައަކީ އަޅުގަނޑުމެން ހީކުރާ ކަހަލަ ކަމެއް ނޫނެވެ.