އައިޖީއެމްއެޗް - ފޮޓޯ: ވޮއިސް
ހަބަރު
07 May 2024 | 17:31
ތުއްތު ކުއްޖަކަށް އެކަށީގެންނުވާ ގޮތަށް ފަރުވާދިން ކަމަށްބުނާ ވާހަކަތައް އައިޖީއެމްއެޗުން ދޮގުކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ވިހެއި ތުއްތު ކުއްޖަކަށް އެކަށީގެންނުވާ ގޮތްތަކަކަށް ފަރުވާދިން ކަމަށްބުނެ މީސްމީޑިޔާގައި ފަތުރަމުންދާ ވާހަކަތައް އައިޖީއެމްއެޗުން ދޮގުކޮށްފިއެވެ.

މިއަދު އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރިކަމަށް ބުނެ ސޯޝަލްމީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ޚިލާފަށް ދެކެވެމުންދާ ވާހަކައާ ބެހޭގޮތުން އެ ހޮސްޕިޓަލުން ހިތާމަކުރާކަމަށެވެ.

އައިޖީއެމްއެޗުގެ ބަޔާނުގައި ބުނެފައިވަނީ ބަލިމީހުންނަށް ފަރުވާދިނުމުގައި އެ ހޮސްޕިޓަލުން ޢަމަލުކުރަމުންދަނީ މެޑިކަލް ޕްރެކްޓިސްގައި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ އެއްގޮތަށް ކަމަށާއި މީސްމީޑިޔާގައި މީހެއްގެ ބަލި ޙާލަތާމެދު ވާހަކަތަކެއް ފެތުރުނު ނަމަވެސް ބަލިމީހާއާއި ފަރުވާގެ ތަފްޞީލުތަކަކީ ހޮސްޕިޓަލުން ހާމަކުރާނެ މައުލޫމާތުތަކެއް ނޫންކަމަށެވެ.

މީގެ އިތުރުން، މި މައްސަލައިގައި ވެސް ބޭހާއި ފަރުވާއާ ގުޅުން ހުރި ކަންކަން އާއިލާއާ މަޝްވަރާކޮށް ތަފްޞީލުތައް ކިޔައިދީފައި ވާނެކަމަށް އައިޖީއެމްއެޗުގެ ބަޔާނުގައި ވެއެވެ. އަދި ފަރުވާ ދޭ އިރު ހިތްހަމަ ނުޖެހޭގޮތަކަށް ކަންކަން ދާނަމަ އެކަން ކަން ސާފުކޮށް އޮޅުން ފިލުވޭނެ އިންތިޒާމުތައް ހޮސްޕިޓަލުގައިވެސް ހުރިކަން ފާހަގަކުރައްވާ، އެއަށްފަހުވެސް މައްސަލަ ހައްލުނުވެއްޖެ ނަމަ ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް ވަގުތުން މައްސަލަ ހުށަހެޅޭނެ އިންތިޒާމުތައްވެސް ހުރި ކަން އައިޖީއެމްއެޗުން ފާހަގަ ކުރައްވާފައިވެއެވެ. 

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ވަނީ، ބޭސްފަރުވާ އާ މެދު ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުން މީސްމީޑިޔާގައި ހަޤީގަތް އޮޅޭފަދަ ގޮތްގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާޒު ކުރައްވާފައެވެ. އަދި ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުންދާ ޑޮކްޓަރުންގެ ފޮޓޯ ޢާންމުކުރުންފަދަ، އެބޭފުޅުންގެ ޒިންމާތަކަށް ހުރަސްއެޅޭފަދަ ޢަމަލުތައް އެ ހޮސްޕިޓަލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި، އެ ފަދަ ޢަމަލުތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.