ހީނާ ވަލީދު - ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 May 2024 | 17:07
ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަކަމާ އެކު ރައީސަށް ސުވާލު ފޮނުވޭނެ ނިޒާމެއް ޤާއިމްކުރަނީ

ހަމަހަމަކަމާ އެކު ކޮންމެ ރައްޔިތަކަށްވެސް ރައީސުލްޖުމްރޫހިއްޔާއާ ސުވާލުކުރެވޭނެ ނިޒާމެއް ޤާއިމްކުރަން ނިންމަވާފައިވާކަމަށް  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ޢާންމު ރައްޔިތުން ރައީސާ ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް ދިނުމުގެ ގޮތުން, ވީޑިއޯ މެދުވެރިކޮށް ރައީސާ ކުރަން ބޭނުންވާ ސުވާލުތައް ރައީސް އޮފީހަށް ފޮނުވޭނެ ޚާއްސަ ނިޒާމެއް ގާއިމް ކުރަމުންދާ ކަމަށެވެ.

"ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށްވެސް ހޯދައިދިނުމުގެ ގޮތުންނާއި އަދި ހަމަ އެއާއެކުއެކީގަ ވީހާވެސް ގިނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރެވޭނެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ ސުވާލުތައް ވެސް ވީޑިއޯ މެދުވެރިކޮށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކޮންމެ ބޭފުޅަކަށް ވެސް ފޮނުވޭނެ ނިޒާމެއް ގާއިމު ކުރުމަށްޓަކައި."

ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވިގޮތުގައި މިހާރު ގެނެސްދޭ ރައީސްގެ ސުވާލާ ޖަބާވު މިހާރު ކުރިއަށްދަނީ މަގުމައްޗަށް ނުކުމެ ނޫނީ ރަށްރަށަށް ދާއިރުވެސް ރެންޑޮމްކޮށް ރައްޔިތުން ބޭނުންވާ ސުވާލުތައް ނަގައިގެން ކަމަށެވެ. އަދި މިގޮތަށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުން، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތެއް ނުދެވޭކަން ހީނާ ވަނީ ފާހަކަކުރައްވާފައެވެ.

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވަނީ, މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ރައީސް އޮފީހުން ކުރަމުންދާ ބައެއް އިތުރު މަސައްކަތްތައް ހާމަކުރައްވާފަ އެވެ. އެގޮތުން ކެބިނެޓް ބައްދަލުވުން ތަކުގެ މައުލޫމާތު ނޫސްވެރިންނަށް ފަސޭހައިން ލިބޭ ނިޒާމެއްވެސް ޤާއިމުކޮށް ރައީސް އޮފީހުގެ ވެބްސައިޓާ ލިންކު ކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ބައިވެރިވާ ހުރިހާ ކަމެއްގެ ފޮޓޮއާއި ޚަބަރު އެއްތާކުން ލިބޭ ނިޒާމެއް ވެސް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ހީނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.