ބ.އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާއެކު ފަހުމުނާމާގައި ސޮއި ކުރެއްވުން - ފޮޓޯ: ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
ހަބަރު
08 May 2024 | 20:04
ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އަޅަން ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި

ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރައްވައިފިއެވެ.

ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މިއަދު އެ ވުޒާރާއާއި ސިނޯހައިޑްރޯ ކޯޕަރޭޝަނުން ވަނީ ފަހުމުނާމާއެއްގައި ސޮއި ކުރައްވާފައެވެ. ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މި ފަހުމު ނާމާގައި ސޮއި ކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.

ބ. އޭދަފުށީގައި ހައުސިންގް ޔުނިޓް ޢިމާރާތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން މި މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާނެކަމަށް، މިދިޔަ މަހު ބޭއްވި ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާއަށް ވާދަ ކުރެއްވި ޕީޕީއެމް/ޕީއެންސީ ގެ ކެނޑިޑޭޓް އަޙްމަދު ސަލީމް (ރެޑުވޭވް ސަލީމް) ގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ހައުސިން ޔުނިޓުގެ ފައިދާ އޭދަފުށީގެ އިތުރުން، މުޅި އަތޮޅަށް ވެސް ކުރާނެ ކަމަށާއި، އަދި އެ މަޝްރޫއުގެ ސަބަބުން އެ ދާއިރާއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިިބިގެންދާނެކަން ވެސް ފާހަގަކުރައްވާފައެވެ. 

މިއަދު ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކުރުމަށް ފަހުމުނާމާގައި ސޮއިކުރެއްވިކަން ހާމަ ކުރެއްވި ނަމަވެސް، މި މަޝްރޫޢާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.