ޤުދުސް ގައި ހުންނަ އދ. ގެ މަިއ އޮފީހުގެ ގޯތިތެރޭގައި ރޯކޮށްލާފަ - ފޮޓޯ: ޕްރެސް ޓީވީ
ހަބަރު
11 May 2024 | 17:06
އަލް-ޤުދުސް ގައި ހުންނަ އދ. ގެ މައި އޮފީސް ބަންދުކޮށްފި

އިރުމަތީ ޤުދުސްގައި ހުންނަ އދ. ގެ މައި އޮފީހުގައި އިސްރާއީލުން ރޯކޮށްލުމާ ގުޅިގެން އެ އޮފީސް ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ.

ފަލަސްޠީނުގެ ޤުދުސްގައި ހުންނަ އެ އޮފީހުގެ ވެރިޔާ ފިލިޕް ލަޒާރިނީ ވިދާޅުވިގޮތުގައި، ފާއިތުވި ހަފްތާތަކުގައި ޔަހޫދީން ދިޔައީ އެ އޮފީހަށް އެކި ވަރުގެ ހަމަލާތައް ދެމުންނެވެ. އެގޮތުން އިއްޔެ އެ އޮފީހުގައި ދެ ފަހަރު އަލިފާން ރޯކޮށްލާފައިވާ ކަމަށްވެސް ފިލިޕް ލަޒާރިނީ ވިދާޅުވިއެވެ.

އދ. ގެ އުޅަނދުތަކަށް ބޭނުންވާ ތެޔޮވެސް ރައްކާ ކޮށްފައި ހުންނަ އެ އޮފީހުގައި ހުޅުޖެހި ވަގުތު، އޮފީހުގައި ގިނަ މުވައްޒަފުންތަކެއް ތިބިނަމަވެސް އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. ނަމަވެސް އަލިފާނުގެ ސަބަބުން އޮފީހުގެ ގޯތިތެރެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފިލިޕް ލަޒާރިނީ އިތުރަށް ވިދާާޅުވީ، އެ އޮފީހުގެ ބޭރުގައި ޔަހޫދީން މުޒާހަރާ ކުރަމުންދާތާވެސް ދެ މަސް ދުވަސް ވެއްޖެ ކަމަށެވެ. އެގޮތުން، މިހަފްތާ ކުރި މުޒާހަރާއެއްގައި މުވައްޒަފުންނާއި، އިމާރާތާއި ދިމާލަށް ގައު އުކާ، އެތައް ފަހަރެއްގެ މަތިން ޔަހޫދީން ވަނީ އެ އޭޖެންސީގެ މުވައްޒަފުންނަށް ބަޑިން ބިރު ދައްކާފައި ކަމަށްވެސް ލަޒާރިނީ ވިދާޅުވިއެވެ.

ނިރުބަވެރި އިސްރާއީލުން ދަނީ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގެ އިތުރުން ހުޅަނގު އައްސޭރީގައިވެސް އެތައްބަޔަކު ޝަހީދުކޮށް، ޚާއްސަކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހުވެސް އިސްރާއީލުން ވަނީ އިސްރާއީލުގައި އަލްޖަޒީރާ ދެއްކުން މަނާކޮށް، އިސްރާއީލުގައި ހުންނަ އަލްޖަޒީރާގެ އޮފީސްވެސް ބަންދުކޮށްފައިކަން ފާހަގަކޮށްލެވެއެެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުގެ 7 ވަނަ ދުވަހަަށް ފަހު މިހާތަނަށް، ނިރުބަވެރި އިސްރާއީލުން ވަނީ ޣައްޒާގައި މަދުވެގެން 34،904 މީހުން ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 14،500 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން ޣައްޒާގައި 78،514 މީހުން ޒަޚަމްވެފައި ވާއިރު، 8،000 މީހުން ވަނީ ގެއްލިފައެވެ. ވޭތުވެ ދިޔަ 7 މަސް ތެރޭ، އިސްރާއީލުން، ފަލަސްޠީނުގެ ހުޅަނގު އައްސޭރިން މަދުވެގެން 498 މީހުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރެއިން 124 ޝަހީދުންނަކީ ކުޑަކުދިންނެވެ. އިސްރާއިލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި، ހުޅަނގު އައްސޭރިން މިހާތަނަށް 4،950 މީހުން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް
މުހައްމަދު
ޟިމި ކުޅިގަނޑު ނިންމާލަންވާނީ ފަލަސްތީނުގެ އަސްލަހް ފަލަސްތީނު ބަދަލުކޮށް ހުރިހާ ޔަހޫދިން އެމެރިކާއަށް ފޮނުވާލާފަ.
11 May 2024
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.