ސިވިލް ކޯޓު --
ހަބަރު
08 May 2024 | 16:17
އަމިއްލަ ކުންފުންޏަކަށް 88،000ރ. ދިނުމަށް ދަޢުލަތުގެ މައްޗަށް ޙުކުމްކޮށްފި

އަމިއްލަ ކުންފުންޏަކުން ރާއްޖެ ގެނެސްފައިވާ ބިދޭސީންގެ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ރިފަންޑްގެ ގޮތުގައި 88،073.90 ރުފިޔާ ދެއްކުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ގްލޯ ޓުއަރސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފައިވަނީ، އެ ކުންފުނިން ރާއްޖެ ގެނެސްފައިފާ ބިދޭސީންގެ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ކޮށްދިނުމަށްޓަކައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ކޮށްފައިވާ އިއުލާނާއި އެއްގޮތަށް އެ ކުންފުނިން ރުފިޔާގެ ޑިޕޮސިޓް ސްލިޕްތައް ހުށަހެޅުމުން، ރިފަންޑް ފައިސާ ހަވާލުކޮށްފައި ނުވާތީއެވެ.

އެގޮތުން އެކުންފުނިން ރިފަންޑަށް އެދި ހުށަހެޅި 363،750 ރުފިޔާއާއި، ކޯޓު މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ވަކީލުންނަށް ޚަރަދުކުރަން ޖެހުނު 45،000 ރުފިޔާއާއެކު ޖުމްލަ 408،750 ރުފިޔާ މިނިސްޓްރީ ގެ ފަރާތުން ހޯދުމަށް ގްލޯ ޓުއަރސް އިން ދައުވާކޮށްފައި ވެއެވެ. 

ނަމަވެސް ކޯޓުން ޙުކުމް ކޮށްފައިވަނީ މި މައްސަލައާ ގުޅިގެން 88،073.90 ރުފިޔާ ދެއްކުމަށެވެ. އެއީ ގްލޯ ޓުއަރސްގެ ފަރާތުން 105 ބިދޭސީންގެ ޑިޕޮސިޓްގެ ރިފަންޑް ހޯދުމަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ރިފަންޑް ކުރުމުގެ ޝަރުތު ހަމަވަނީ 52 ބިދޭސީން ކަމުގައިވާތީއެވެ. އަދި ގްލޯ ޓުއަރސްއިން ހުށަހަޅާފައިވާ ލިސްޓުގައި ހިމެނޭ 60 ބިދޭސީންގެ ތެރެއިން 23 ފަރާތެއް ރިފަންޑް ހޯދުމަށް ހުށަހަޅާފައި ނުވާތީ، ބާކީ ތިބި 37 ބިދޭސީންގެ ތެރެއިން، 12 ބިދޭސީން އުނިކުރުމަށް އެ ކުންފުނިން ހުށަހެޅުމުން، ބާކީ ޝަރުތު ހަމަވާ ތިބީ 25 ފަރާތް ކަމުގައިވާތީއެވެ.

މީގެ އިތުރުން ކޯޓުން ޙުކުމްކޮށްފައިވަނީ ގްލޯ ޓުއަރސްގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ވާޤިއާތައް މި މައްސަލާގައި ސާބިތުވެފައި ނުވާތީއާއި، އެފަރާތުން ދައުވާ ހުށަހެޅި ގޮތަށް ބަދަލު ގެނެސްފައިވާތީއާއި އެ ފަރާތުން އެދިފައިވާ ފަރުވާ ފުރިހަމައަށް މި މައްސަލާގެ ތެރެއިން ހޯދައިނުދެވޭތީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ވަކީލުގެ ފީގެ ގޮތުގައި ހޯދުމަށް އެދުނު ފައިސާ ނަގައިދެވެން ނެތްކަމަށެވެ.

އެހެން ކަމުން، ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ކުރެއްވި ހުކުމުގައި ވަނީ 7 މެއި 2024 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުންޖު މުލަ 88،073.90 ރުފިޔާ ގްލޯ ޓުއާރސް އެނޑް ޓްރޭޑް ޕްރައިވެޓް ލިިމިޓެޑް އަށް ދިނުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.