މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ ތެރެއިން - ފޮޓޯ: ވެމްކޯ
ހަބަރު
06 May 2024 | 20:32
3 ދުވަސް ތެރޭ މާލޭ އިންޑަސްޓްރިއަލް ވިލެޖުން 928 ޓަނުގެ ކުނި ނަގައިފި

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން، ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި 928 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ. 

ވެމްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށް ދާ ކަމަށެވެ. އަދި ސާފުކުރުމުގެ ތެރެއިން މިހާތަނަށް 928 ޓަނުގެ ކުނިނަގާފައިވާ ކަމަށްވެސް ވެމްކޯގެ ޕޯސްޓުގައި ވެއެވެ. 

މީގެ އިތުރުން، އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާކަން ހާމަކުރައްވާ، މިހާތަނަށް ސާފުކުރެވުނު ސަރަހައްދުގެ ވީޑިއޯއެއް ވެމްކޯއިން ވަނީ ޢާންމުކޮށްފައެވެ.

އިންޑަސްޓްރިއަލް ވިލެޖް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވަނީ، މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ) އަދި، ދިވެހި ފުލުހުންގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހެވެ.

އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމުގެ މަސައްކަތް ފެށްޓެވުމަށް ފަހު ވެމްކޯއިން ވަނީ މިއީ ނުވަ މަސްދުވަހުގެ ތެރޭގައި އެތަން ސާފުކުރަން ޖެހުނު 3 ވަނަ ފަހަރުކަން ފާހަގަކޮށް، ޤަވާއިދާ ޚިލާފަށް އެތަނަށް ކުނި އަޅާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އަދި ޤަވާއިދާ ޚިލާފަށް ހިންގާ އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެމްކޯ އިން ވަނީ އިލްތިމާޒު ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.